ޤަތަރުގެ ގޭސް ފެސިލިޓީގައި އެއްޗެއް ގޮވުން- ފޮޓޯ/ ބީބީސީ
ދުނިޔެ
23 Jun 2026 | 09:06
ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީގައި އެއްޗެއް ގޮވައި 13 މީހުން މަރުވެއްޖެ

ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ޒޯނުގައި އެއްޗެއް ގޮވައި މަދުވެގެން 13 މީހުން މަރުވެ، 66 މީހުން ޒަޚަމްވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަކީ "ޓެކްނިކަލް އެކްސިޑެންޓެއް" ކަމަށް ގަތަރުގެ ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ. މި ގޮވުމުގެ ބާރުގަދަކަމުން މުޅި ސަރަހައްދުގެ އުޑުމަތި އޮރެންޖު ކުލައަށް ބަދަލުވެގެން ދިޔައިރު، މި ލޮޅުން 70 ކިލޯމީޓަރު (43 މޭލު) ދުރުގައި އޮންނަ ވެރިރަށް ދޯހާގެ މެދުތެރެއާ ހަމައަށް އިހުސާސް ކުރެވިފައިވެއެވެ. މި ހާދިސާގެ ސަބަބުން ގިނަ ބަޔަކު ވަނީ ބިރުގަނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގަތަރުގެ އެނާޖީ މިނިސްޓަރު ސާދު ޝެރިދާ އަލް-ކާބީ ވިދާޅުވީ، މިއީ ގަސްތުގައި ބަޔަކު ދިން ހަމަލާއެއް ނޫން ކަމަށާއި، މި ހާދިސާގެ ސަބަބުން ގައުމުން ބޭރަށް ގޭސް އެކްސްޕޯޓު ކުރުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ކުރިމަތިވެދާނެ ނުރައްކަލެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާ ހިނގި ބާރްޒާން ލޯކަލް ގޭސް ސަޕްލައި ފެސިލިޓީގެ އޮޕަރޭޝަންތައް އަލުން ފެށޭނެ ދުވަހެއް ބުނަން އަދި ދަތި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހާދިސާގައި މަރުވި އެންމެންނަކީ އިންޑިއާ އަދި ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ. އިންޑިއާ އެމްބަސީން ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، ޒަޚަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަތަރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެލް.އެން.ޖީ އެކްސްޕޯޓް ފެސިލިޓީ ހިމެނޭ ރަސް ލައްފާން ބަނދަރަކީ މީގެ ކުރިން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތަނެކެވެ. އެ ދުވަސްވަރު ގަތަރުން ވަނީ ދުނިޔޭގެ އެލް.އެން.ޖީ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުއްޓާލާފައެވެ.

ގަތަރު އެނާޖީން ބުނި ގޮތުގައި، މިފަހަރު ހިނގި ގޮވުމާ ގުޅިގެން ކުރަންޖެހޭ މަރާމާތުތަކުގެ ސަބަބުން، ކުރިއަށް އޮތް 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ގޭސް އުފައްދާ މިންވަރު 12.8 މިލިއަން ޓަނަށް ދަށްވާނެއެވެ. މި ހާދިސާ ހިނގާފައިވަނީ މަރާމާތަށްޓަކައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބަންދުކޮށްފައި އޮތް ފެސިލިޓީ، އަލުން ހުޅުވިތާ ދެ ދުވަސް ފަހުންނެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.