އުޒްބެކިސްތާނުކޮޅަށް ލަނޑުޖެހުމަށްފަހު ރޮނާލްޑޯ: ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
24 Jun 2026 | 05:42
ރޮނާލްޑޯ އެނބުރި ފޯމަށް، އުޒްބެކިސްތާނު އަތުން ޕޯޗްގަލްއަށް ބޮޑު މޮޅެއް

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި ރޭ ޕޯޗްގަލް އާއި އުޒްބެކިސްތާން ބައްދަލުކުރިމެޗް ތަފާތުބޮޑު ނަތީޖާއަކުން ޕޯޗްގަލް ކާމިޔާބުކޮށްފައެވެ.

މިމެޗް ޕޯޗްގަލް ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިމެޗް ފެށުނުއިރުވެސް އެންމެންގެ ނަޒަރުގޮސް ހުއްޓުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ކުރީ މެޗާ ހިލާފަށް ރޭގެ މެޗްގައި ރޮނާލްޑޯ އަދި ޕޯޗްގަލްގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ މާބޮޑަށްވެސް ރޭވުންތެރިކަމާއެކު ގުޅިގެން ކުޅުނުތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރޮނާލްޑޯގެ އިތުރުން ޕޯޗްގަލަށްވެސް ގިނަ ގޯލްތަކެއް ޖެހުމެވެ.

މިމެޗްގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި އޭނާއަށް ލަނޑު ނުޖެހޭކަމަށް ދައްކަމުންގެންދާ ވާހަކަތަކަށް ރައްދު ދީފައެވެ. ރޮނާލްޑޯ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ، ހަވަނަ މިނެޓް ތެރޭގައެވެ. ރޮނާލްޑޯ ލަނޑެއް ޖެހިތާ 11 މިނެޓްފަހުން މެންޑެޒް ވަނީ އިތުރު ލަނޑެއް ޖަހައި 17 ވަނަ މިނެޓް ތެރޭގައި މެޗްގެ ނަތީޖާ 2-0 ބަދަލުކޮށްފައެވެ.

މެޗްގެ 29 ވަނަ މިނެޓް ތެރޭގައި އުޒްބެކިސްތާނުން ލަނޑެއް ޖެހިނަމަވެސް ވީއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫންކަމަށެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ އިތުރު ލަނޑެއް ޖަހައި ޕޯޗްގަލްގެ ލިޑް ވަނީ 3-0 ފުޅާކޮށްދީފައެވެ. ޕޯޗްގަލްގެ ހަތަރުވަނަ ލަނޑަކީ އުޒްބެކިސްތާން ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. މެޗްގައި ޕޯޗްގަލްގެ ފަސްވަނަ ލަނޑު ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަފައެލް ލެއާއޯ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.