ލޭގެ ޞަދަޤާތް
ލައިފްސްޓައިލް
26 Jun 2026 | 17:36
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި؛ ދައްކުވައިދެނީ ދަރިފުޅަށް ލޭ ހޯދުމަށް މަސައްކަތްކުރަމުންދާ ބައްޕައެއްގެ އިޙްސާސްތައް

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ”ލޭގެ ޞަދަޤާތް“ ލަވަ ރިލީސްކޮށްފިއެވެ.

މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.

ލަވަ ފެށިގެން އަންނަނީ ބައްޕައަކުއޭނާގެ ބަލި ދަރިފުޅު ކައިރީގައި އިށީދެލައިގެން އިންނަ މަންޒަރުންނެވެ. ދަރިފުޅުގެ ހާލު ދެރަވެ، އެޑްމިޓްކޮށްފައި އޮތްއިރު، ވަނީ އިންތިހާއަށް ލޭ ބޭނުންވެފައެވެ.

ދަރިފުޅަށް ބޭނުންވާ އޭ ނެގެޓިވް ލޭ ހޯދުމަށް ކުއްޖާގެ ބައްޕަ އެކި ވައިބާ ގުރޫޕްތަކަށް މެސެޖުކޮށް މަސައްކަތްކުރެއެވެ. ނަމަވެސް ލޭ ލިބޭގޮތެއް ނުވެއެވެ.

އެކަމާ ކަންބޮޑުވެ، މާޔޫސްކަމާއި މޮޅިވެރިކަމާއެކު ހުއްޓައި ފެންނަނީ ލޭ ހޯދުމަށް އެހީވެދޭ ”ލޭ އެޕް“ އެވެ. އެ އެޕްލިކޭޝަން ޑައުންލޯޑްކޮށް، ލޭ ހޯދުމަށް އެދުނުތާ މާ ގިނައިރުތަކެއް ނުވެ ލޭ ހަދިޔާކުރާނެ މީހަކު ލިބެއެވެ. އަދި އޭނާ ހަދިޔާކުރާ ލެއިން ދަރިފުޅުގެ ޙާލު ރަނގަޅުވާން ފަށައެވެ.

ލަވައިގައި ބައްޕަގެ ރޯލު އަދާކޮށްފައިވަނީ ދިލްޝާން (ދިލް)އެވެ. ދަރިފުޅުގެ ބައި އައިނީ ކުޅެދީފައިވާއިރު، ލޭ ހަދިޔާ ކުރަން އަންނަ މީހާ އަކީ ޢުމަރު (ޓީޑީސީ އުމަރު) އެވެ.

ލަވައިގެ އެކްޓަރުން އެމީހުންގެ މަސައްކަތް ފުރިހަމައަށް އަދާކޮށްފައިވާއިރު، އިތުރަށް ކުރިއަށް ދިޔުމުގެ ކުރީން ލަވައިގެ ޅެމަށް ބަލާލަން ޖެހެއެވެ. ލޭ ބޭނުންވެ، އެ ނުލިބިއްޖެ ނަމަ، ފުރާނައަށް ވާނެ ނުރައްކާއާއި، އެ ހަދިޔާ ކުރުމުން ތަކުލީފް އުފުލަމުންދާ މީހާއަށް ލިބިދޭ ލުއި ބުނެދީފައިވެއެވެ. އަދި، އެއީ ބަލިމީހާގެ، ކަރުނަ އަޅަމުންދާ ޢާއިލާގެ މޫނަށް އުފާވެރިކަން ގެނެސްދޭ ބޮޑުވެގެންވާ ޞަދަޤާތެއްކަން ފާހަގަކޮށްފައިވާއިރު ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ޅެމުން ބުނެދީފައިވަނީ ތިލަ އަދި އެހާމެ ފަށުވި އިބާރާތުންނެވެ. މި ފުރިހަމަ ޅެން ހަދައިދީފައިވަނީ އީސާ ޝަރީފެވެ.

މީގެ އިތުރުން، ޝިފާއުގެ އަޑުން ލަވައިގެ ޅެމާއި ރާގަށް ފުރިހަމައަށް އިންސާފުކޮށްދީފައިވާއިރު، އެއަށް އިތުރު ރީތި ކަމެއް ގެނެސްދީފައިވަނީ ހުސައިން ތަޢުފީޤުގެ އޯޑިއޯ ރިކޯޑިންގ އިންނެވެ.

ހަމަ އެހެންމެ ”އޯކޭޒް އިންކް“ ގެ ޓީމުން ލަވައިގެ ވީޑިއޯ ގެނެސްދީފައިވާ ގޮތުން ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ލޭ ނުލިބުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ތެލެސީމިއާ ހުންނަ ފަރާތްތަކާއި، އެނޫންވެސް އެހެނިހެން ޙާލަތްތައް މެދުވެރިވެ، ލޭ ބޭނުންވާ ދަނޑިވަޅުތަކުގައި ވަރަށް ގިނަ މީހުންގެ ހުންނަ ލޭގެ ގުރޫޕްތަކުގެ ލޭވެސް ހޯދަން ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަމިއްލައަށް އިސް ނަގައިގެން ގަވާއިދުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން އަދިވެސް މަދެވެ.

އެހެންކަމުން، މިއީ އެކަމަށް ހިތްވަރުދީ، ލޭ ހަދިޔާ ކުރުމަށް ބާރު އެޅުމުގެ މަޤުސަދުގައި ނެރޭ ލަވައެއް ކަމުގައި ލަވަ އުފައްދާފައިވާ ފަރާތުން ބުނެއެވެ.

އިސްލާމިކް ރިދަމް އަކީ މީގެ ކުރިންވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަފާތު ލަވަތަކެއް ނެރެފައިވާ ބައެކެވެ. އެގޮތުން "ރޮއްވާފަ ލޯތައް" ލަވައަކީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލި، އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ. މީގެ އިތުރުން "އުޖާލާވެ އުދަރެސް"، "އޮއްސުމުން" އަދި "ކަރުނަ" ފަދަ ލަވަތަކަކީވެސް މަގުބޫލު އުފެއްދުން ތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.