ފޮޓޯ: ރައީސް އޮފީސް.
ހަބަރު
28 Jun 2026 | 10:42
ދުންފަތާ ދުރުވެ ޞިއްޙަތު ރައްކާތެރިކުރަން ފަސްޓް ލޭޑީ ގޮވާލައްވައިފި

ދުންފަތުގެ އިސްތިޢުމާލުކުރާ ހުރިހާ ފަރާތްތަކުން އެ އާދައާ ދުރުވެ ޞިއްޙަތު ރައްކާތެރިކުރުމަށް ސާބިތު ފިޔަވަޅެއް އެޅުމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކު ސްކޫލް ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ޤައުމީ ދުންފަތާ ދެކޮޅު ކެމްޕެއިން ފެށުމަކީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ.

އަދި މި ކެމްޕެއިންގެ ސަބަބުން މި އަހަރުގެ ދުންފަތުގެ ދުވަހުގެ ޝިޢާރުގެ މެސެޖުތައް އިތުރަށް ވަރުގަދަވެ ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށް އެހީވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދުންފަތުގެ ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުމުގައި ކެފޭ ރެސްޓޯރެންޓް އަދި އެހެނިހެން ވިޔަފާރިތަކުން ނަމޫނާ ދައުރެއް އަދާކުރުމަށް ވެސް އެ ކަމަނާ ގޮވާލެއްވިއެވެ

މި ޖަލްސާގައި ފަސްޓް ލޭޑީ ވަނީ "އެންޓި-ޓޮބެކޯ ކެމްޕެއިން: ޓައިމް ޓު ކުއިޓް" ކެމްޕެއިންގެ ލޯގޯ ރަސްމީކޮށް އިފްތިތާޙުކުރައްވައިފައެވެ. މި ކެމްޕެއިނަކީ 2026 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު އިޢުލާނުކުރި ފަސް އަހަރު ދުވަހުގެ ޤައުމީ މަޝްރޫޢެކެވެ. އެ ކަމަނާ ވަނީ ލައިވް ކެންވަސް ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ދުންފަތާ ނޫނެކޭ ބުނުމަށް ގޮވާލާ ޕްލެޖް ބޯޑެއްގައި ސޮއިކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ދުންފަތް ކޮންޓްރޯލްކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެއްވާ ހެލްތް މިނިސްޓަރުގެ އެވޯޑް ލިބޭ ފަރާތްތައް ވެސް އިޢުލާނުކޮށްފައިވެއެވެ. ޖަލްސާއަށް ފަހު ފަސްޓް ލޭޑީ ވަނީ މުލަކު ސްކޫލުގެ ދަރިވަރުން ދުންފަތުގެ ދުވަހާ ގުޅިގެން ތައްޔާރުކުރި ޕޯސްޓަރު މުބާރާތުގެ ހުށަހެޅުންތައް ބައްލަވާލައްވައި ވަނަ ހޯދި ދަރިވަރުންނާ އެކު ފޮޓޯ ނަންގަވައިފައެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ގީލާ ޢަލީ ޔޫތް މިނިސްޓަރު ޢަބްދުﷲ ރާފިޢު ޑަބްލިޔުއެޗްއޯ ގެ ރާއްޖެ ރެޕްރެޒެންޓެޓިވް ޕެއިޑެން އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ބައިވެރިވެވަޑައިގެންނެވިއެވެ. ފަސްޓް ލޭޑީ ވަނީ މި ދަތުރުފުޅުގައި މ. މުލަކު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ. ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި ފިޓްނެސް ސެންޓަރާއި އައުޓްޑޯ ޖިމް ޤާއިމުކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.