މެސީ ލަނޑުޖެހުމަށްފަހު.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
28 Jun 2026 | 13:00
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް

ވަރލްޑްކަޕް ގްރޫޕް ސްޓޭޖްގެ އެންމެ ފަހުމެޗް ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމްގެ ގޮތުގައި އާޖެންޓީނާއިން ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.'

ގްރޫޕް ސްޓޭޖްގެ އެންމެ ފަހުމެޗްގައި އާޖެންޓީނާ މިއަދު ނިކުތީ ޖޯޑަން އާ ދެކޮޅަށެވެ. މިމެޗް އާޖެންޓީނާ ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ. މިމެޗަށް އާޖެންޓީނާ ނިކުތީ އެޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން މެސީ ނުލައެވެ. މެސީ ކުޅެން ނިކުމެފައިވަނީ ފަހްހާފްގައެވެ.

މެޗްގައި އާޖެންޓީނާއަށް ގޯލް ހުޅުވާލަދިނީ 19 ވަނަ މިނެޓް ތެރޭގައި ޖިއޮވާނީ ސެލްސޯ އެވެ. ދެވަނަ ލަނޑު 31 ވަނަ މިނެޓް ތެރޭގައި ކާމިޔާބުކޮށްދިނީ މާޓީނޭޒް އެވެ. އާޖެންޓީނާއިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ޖޯޑަންގެ މޫސާ އަލްތަމާރީ ވަނީ ލަނޑެއް ޖަހައި އުއްމީދު އާކޮށްދީފައެވެ.

ނަމަވެސް އާޖެންޓީނާއިން ވަނީ 80 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 3-1 ކަށް ބަދަލުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެސީ އެވެ. މި ލަނޑާއެކު މި މުބާރާތުގައި މެސީ ޖެހި ލަނޑުގެ އަދަދު ވަނީ 6 ކަށް އަރާފައެވެ. ވަރލްޑްކަޕް ގްރޫޕް ސްޓޭޖް މެޗުތައް ނިމުނުއިރު ރަން ބޫޓަށް ވާދަކުރާ ލިސްޓްގެ ކުރީގައި ދެ ލަނޑުގެ ތަފާތަކުން މެސީ ކުރީގައި އުޅޭއިރު، ދެވަނާގައި އުޅެނީ 4 ލަނޑާއެކު ފްރާންސްގެ އެމްބާޕޭ، ޑެމްބެލޭ، ބްރެޒިލްގެ ވިނީސިއަސް އަދި ނޯވޭގެ ހާލާންޑެވެ.

އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.