މެސީ
ކުޅިވަރު
28 Jun 2026 | 12:53
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފްރީ ކިކަކުން މިއަދު ޖެހި ގޯލާއެކު ވޯލްޑް ކަޕްގައި އޭނާ ޖެހި ގޯލްގެ އަދަދު 19 އަށް ވަނީ އަރާފައެވެ.

މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި މެސީ ވަނީ އެލްޖީރިއާ ކޮޅަށް ތިން ގޯލް އަދި އޮސްޓްރިއާ ކޮޅަށް ދެ ގޯލް ޖަހައިފައެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން މެސީ އާއި ޕެލޭ ހަމަހަމަވެފައި އޮތީ 21 ގޯލް އިންވޯލްވްމެންޓުންނެވެ. ޕެލޭގެ ރެކޯޑަކީ 26 މެޗުން 12 ގޯލާއި 9 އެސިސްޓެވެ. މެސީ ވަނީ 2006 ވަނަ އަހަރުން ފެށިގެން 26 މެޗުގައި 13 ގޯލާއި 8 އެސިސްޓް ހަދައިފައެވެ.

މެސީ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދައިފައެވެ. އެއީ 29 މެޗެވެ. އެންމެ ގިނަ މެޗުން މޮޅުވި ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ މެސީ އަތުގައެވެ. އެއީ 19 މޮޅެވެ. ހަ ވޯލްޑް ކަޕެއްގައި ދަނޑުމަތީ ކުޅުނު ކުޅުންތެރިންގެ ރެކޯޑު ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު މެސީ ހިއްސާކުރެއެވެ. ރައުންޑް އޮފް 16 ހިމެނޭ ފޯމެޓް ފެށި ފަހުން ވޯލްޑް ކަޕްގެ ކޮންމެ ސްޓޭޖެއްގައި ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާއަކީ ވެސް މެސީއެވެ. ފޮންޓެއިން އާއި ޖައިރްޒީނިއޯ ކޮންމެ ސްޓޭޖެއްގައި ގޯލް ޖެހި ނަމަވެސް އެ ދެ މުބާރާތް ކުއާޓާ ފައިނަލުން ސީދާ ފެށީއެވެ.

ގްރޫޕް ސްޓޭޖް ނިމުނު އިރު 2026 ވޯލްޑް ކަޕްގެ ޓޮޕް ސްކޯރާ އަކީ މެސީއެވެ. ވޯލްޑް ކަޕް ގޯލްޑެން ބޫޓަކީ މެސީ މިހާތަނަށް ހާސިލުނުކުރެވި އޮތް ކާމިޔާބީއެކެވެ. ޤަޠަރު ވޯލްޑް ކަޕްގައި ހަތް ގޯލާ އެކު ގާތްވި ނަމަވެސް އެމްބާޕޭ އެއް ގޯލް އިތުރަށް ޖެހިއެވެ. އާޖެންޓީނާ ކުޅުންތެރިންގެ ތެރެއިން ގޯލްޑެން ބޫޓް ހޯދީ 1930 ގައި ގިޔެމޯ ސްޓާބީލޭ (8 ގޯލް) އާއި 1978 ގައި މާރިއޯ ކެމްޕެސް (6 ގޯލް) އެވެ. މެސީގެ ވޯލްޑް ކަޕް ގޯލްތައް ޖަހާފައިވާ ގޮތަށް ބަލާއިރޔ 2006 ގައި އެއް ގޯލު، 2014ގައި 4 ގޯލު 2018ގައި އެކެއް 2022 ހަތެއް އަދި 2026 ގައި މިހާތަނަށް 6 ގޯލުވަނީ ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.