ޝީން އާއި ޓީމޫ
ދުނިޔެ
30 Jun 2026 | 11:02
ފްރާންސުން، ޝީން އަދި ޓީމޫފަދަ ފާސްޓް ފެޝަން ކުންފުނިތައް ޖޫރިމަނާ ކުރުމުގެ ޤާނޫނެއް ފާސްކޮށްފި

ޝީން ޓީމޫ އަދި އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތައް ހިފެހެއްޓުމަށް އަމާޒުކޮށް ފްރާންސްގެ ސެނެޓުން ބިލެއް ފާސްކޮށްފިއެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ބަހުސަށް ފަހު ހޯމަ ދުވަހު ފާސްކުރި މި ޤާނޫނުގެ ދަށުން އަލްޓްރާ ފާސްޓް ފެޝަން ކުންފުނިތައް ކޮންމެ ޕްރޮޑަކްޓަކަށް 0.25 ޔޫރޯ އާއި 6 ޔޫރޯ އާ ދެމެދުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. މި ޖޫރިމަނާ 2030 ވަނަ އަހަރާ ހަމައަށް ޕްރޮޑަކްޓަކަށް 10 ޔޫރޯ އާ ހަމައަށް ބޮޑުވާނެއެވެ.

މީގެ އިތުރުން އަލްޓްރާ ފާސްޓް ފެޝަން ކުންފުނިތަކުން އިޝްތިހާރު ކުރުމާއި އޮންލައިން އިންފްލުއެންސަރުން މެދުވެރިކޮށް އެ ކުންފުނިތައް ޕްރޮމޯޓް ކުރުން ވެސް މި ޤާނޫނުން މަނާ ކުރެއެވެ.

މި ޤާނޫނު ތަންފީޒު ކުރެވޭނީ ރައީސް ތަޞްދީޤު ކުރެއްވުމުންނެވެ. ޝީން އިން ބުނީ މި ބިލުގެ ބައެއް ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަންގެ ޤާނޫނީ އޮނިގަނޑާ ފުށުއެރުންތަކެއް ހުރި ކަމަށް ފެންނަ ކަމަށެވެ.

މި ބިލުގެ ފުރަތަމަ ވާޝަން 2024 ވަނަ އަހަރުގެ މާރިޗު މަހު ތިރީ ގެއިން ފާސްކުރިއިރު 2025 ވަނަ އަހަރުގެ ޖޫން މަހު ސެނެޓުން ފާސްކުރި ވާޝަން ވަނީ ހަމައެކަނި އޮންލައިން ޕްލެޓްފޯމްތަކަށް އަމާޒުކޮށް ޒާރާ އަދި އެޗްއެންޑެމް ފަދަ ޔޫރަޕިއަން ފާސްޓް ފެޝަން ކުންފުނިތައް އިސްތިސްނާ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.