ބީއެމްއެލްގެ ސީއީއޯ ޝަރީފް-
ވިޔަފާރި
30 Jun 2026 | 12:46
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށް 25 ޕަސެންޓާ ހަމަޔަށް ރުފިޔާ އިން ފައިދާ ދެނީ

ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި އިންވެސްޓްކުރާ ފަރާތްތަކަށް 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކޮންމެ ދުވަހަކަށް އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތައް ހުޅުވާލެވޭއިރު އެ ވަގުތަށް ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަނެ އިންވެސްޓްކުރުމުގެ މުޢާމަލާތް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އޮންލައިންކޮށް ފުރިހަމަކުރެވޭނެއެވެ. އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށް ވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށާއި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ރާއްޖެ އިން ބޭރުގެ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އަދި މި ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު ދެ ގުނައަށް ވުރެ ވެސް ބޮޑުވެފައިވާ ކަމަށާއި ކޮންމެ މަހަކު ދެ ލައްކަ ފަންސާސް ހާހާއި ތިން ލައްކައާ ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެ އިން ބޭރުގެ މުޢާމަލާތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން ނޫސްވެރިންނަށް މައުލޫމާތު ދެނީ- ފޮޓޯ/ ބީއެމްއެލް

ޝަރީފް ވިދާޅުވި ގޮތުގައި މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ޤައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުޢާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުމެވެ. "މިއީ ރާއްޖެ އިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާ އެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް" ކަމަށް އޭނާ ވިދާޅުވިއެވެ. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމާއި މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން ބޭރުގެ ޤައުމުތަކުން ވިޔަފާރިކުރުން ކުރިއަށް ވުރެ ލުއިފަސޭހަ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ ޑޮލަރު ހޯދުމާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ "ކާޑުގެ ވިޔަފާރިއަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް" ކަމަށެވެ. ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ. ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުންތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފައިވާ ކަމަށާއި މީގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް ވިއްކިފައި ވަނީ ކާޑުގެ މުޢާމަލާތްތަކަށް ކަމަށް ވިދާޅުވިއެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާ ގޮތަށް ނުވަތަ މެދުކެނޑޭ ގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން" ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މި އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން އީ-ކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތްތަކާއި ފީ ނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓްކުރުމަށް ފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އިން ހިންގުމުގެ ޚަރަދު ކެނޑުމަށް ފަހު އިންވެސްޓްކުރާ ފަރާތަށް ދެވޭނެ ކަމަށެވެ. "މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑު ޕޭމަންޓްތަކާއި އީ-ކޮމާސް ވިޔަފާރިތަކާއި މުދާ އިމްޕޯޓްކުރުން ހިމެނޭ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މީގެ ނަތީޖާ އަކީ ދެމެހެއްޓެނިވި ހުރިހާ ފަރާތްތަކަށް ވެސް މަންފާ ލިބޭނެ ނިޒާމެއް ޤާއިމުވެގެން ދިޔުން" ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ހަފްލާގައި ހާޒިރުވި ފަރާތްތަކަށް އެފް.އެކްސް އިންވެސްޓްމެންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ވަނީ ދައްކާފައެވެ. އަދި އެއަށް ފަހު ސީއީއޯ ވަނީ ހާޒިރުވި ފަރާތްތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދެއްވައި މި ޚިދުމަތުގެ މުހިންމުކަމާއި ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.