އާރަށުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން-
ހަބަރު
01 Jul 2026 | 10:22
އާރަށު މައްސަލަ: ޔާމީނާ ދެކޮޅަށް ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

އާރަށް ކުއްޔަށްދިން މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ވަނީ ދަށު ކޯޓުން 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް މި މައްސަލާގައި ހައިކޯޓުން ވަނީ ޖަލު ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބެލުމަށް ނިންމާފައެވެ.

ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް ވަނީ އަންގާފައެވެ

އެއީ؛

1) ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުން

2) ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުން

3) ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުން

ހައިކޯޓުގެ ހުކުމުގައި ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އަންގާފައިވާ އެންގުން ބާތިލް ކުރަން ދައުލަތުން ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. 

ސްޕްރީމް ކޯޓުގައި މިހާރު އޮތް މި މައްސަލާގައި މީގެކުރިން އެ ކޯޓުގައި ވާހަކަދައްކަވަމުން ދައުލަތުން ބުނެފައިވަނީ، އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.

މި މައްސަލާގައި މިއަދު ސްޕްރީމް ކޯޓުން އިއްވި ޙުކުމުގައި ފަނޑިޔާރު ޝުޖޫން ވަނީ އައު ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. ޝުޖޫންގެ އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.