މި އަހަރުގެ ވޯލްޑްކަޕް ބޯޅަ-
ކުޅިވަރު
01 Jul 2026 | 11:37
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި

މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އެމެރިކާގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން ވަޢުދުވެއްޖެއެވެ.

ނާސާގެ އިސްވެރިޔާ ޖެރެޑް އައިސެކްމަން މިކަން އިޢުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު، ހަނދުގައި ބޭހެއް އެޅުމަށް އެ އިދާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި އިވެންޓެއްގައެވެ. އައިސެކްމަން ވިދާޅުވީ މިއީ އެމެރިކާގެ ޓީމަށް ދެވޭ ބޮޑު ޗެލެންޖެއް ކަމަށާއި، ޓީމުން އެ މަސައްކަތް ފުރިހަމަކޮށް ތަށި ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވަނީ 1971 ވަނަ އަހަރުގެ ތާރީޚީ ހާދިސާއަކަށް އަލިއަޅުވާލާފައެވެ. އެގޮތުން އޭނާ ބުނިގޮތުގައި އެ އަހަރު އެސްޓްރޮނޯޓް އެލަން ޝެޕަރޑް ވަނީ ހަނދަށް ގޮލްފް ކްލަބަކާއި ދެ ބޯޅަ ގެންގޮސް، ހަނދުގައި ގޮލްފް ކުޅެފައެވެ.

"އަހަރެމެން މި އުޅެނީ އެލަން ޝެޕަރޑަށްވުރެ ކުރިއަށްދާން. އަހަރެމެން ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން،" އެމެރިކާ ޓީމަށް ހިތްވަރު ދެމުން އައިސެކްމަން ބުންޏެވެ. 

ނާސާގެ މޫން ބޭސް މަޝްރޫޢުގެ ޕްރޮގްރާމް މެނޭޖަރު ކާލޯސް ގާސިއާ-ގަލާން ވިދާޅުވީ، އެމެރިކާ މޮޅުވެއްޖެނަމަ، ސައިންޓިފިކް ސާމާނުތަކާއެކު ހަނދަށްދާ އުޅަނދުން ބޯޅައަށް ޖާގަ ހޯދައިދޭނެ ކަމަށެވެ. އަދި ފުޓުބޯޅައަކީ ލުއި އެއްޗަކަށް ވުމުން، އެ އުފުލުމަކީ ދަތި ކަމަކަށް ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ހުރިހާ ކަމެއް އޮތީ އެމެރިކާގެ ފިރިހެން ޤައުމީ ޓީމުގެ އަތްމަތީގައި. އެމީހުންނަށް ކާމިޔާބަށް އެދެން،" ގާސިއާ-ގަލާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.