އިސްމާޢީލް ރަޝީދު
ވިޔަފާރި
01 Jul 2026 | 16:15
ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު ރިޓަޔާކުރައްވަނީ؛ ބަދަލުގައި ވަލްޑެމާރ ފެރަޑާޒް

ގާތްގަނޑަކަށް 40 އަހަރު ދިރާގަށާއި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާއަށް ޚިދުމަތް ކުރެއްވުމަށްފަހު ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެން އެ މަގާމަށް އަންނަ ބަދަލުތައް ދިރާގުން އިއުލާންކޮށްފިއެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާރ ފެރަޑާޒް (ވާލްޑޭ) ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑެޒިގްނޭޓްގެ ގޮތުގައި 1 ޖުލައި 2026 ގައި ދިރާގާ ގުޅިވަޑައިގެންފައެވެ. މި މަގާމަކީ ދިރާގުގެ މައި ހިއްސާދާރު ބިޔޯންއިން އައްޔަންކުރާ މަގާމެއް ކަމަށާއި އައު ސީއީއޯ ހޯދުމުގެ މަސައްކަތް ލީޑުކުރީ ބިޔޯންއިން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން ނޮމިނޭޝަން އެންޑް ގަވަރނަންސް ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާރ ފެރަޑާޒް (ވާލްޑޭ)

އިސްމާޢީލް ރަޝީދަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ ބޭފުޅާގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގެވުމާއި ޖީ.އެސް.އެމް މޯބައިލް ޚިދުމަތް ތައާރަފުކުރެއްވުމާއި 2006 ގައި ދިރާގު-އެސް.އެލް.ޓީ ސަބްމެރީން ކޭބަލް ސިސްޓަމް ގާއިމުކުރެއްވުމާއި 2011 ގެ އައި.ޕީ.އޯ ކާމިޔާބުކަމާއެކު މެނޭޖްކުރެއްވުން ހިމެނެއެވެ. 2015 ގައި ސީއީއޯގެ މަގާމަށް އައްޔަންވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަރ-ޓު-ދަ-ހޯމް ކަވަރެޖް ފޯރުކޮށްދީފައިވެއެވެ.

ވާލްޑޭ ދިރާގާ ގުޅިވަޑައިގަންނަވަނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަންސް ތަޖުރިބާއާއެކުގައެވެ. އެ ބޭފުޅާގެ ތަޖުރިބާ އެފްރިކާ ޔޫރަޕް އޭޝިއާ އަދި ކެރީބިއަންގެ ޓެލެކޮމް ދާއިރާތަކާ ގުޅިފައިވާއިރު ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ޑިޖިސެލް ސެލް ސީ ވޮޑަފޯން ފަދަ ބޮޑެތި ކުންފުނިތަކުގެ ސީނިއަރ ލީޑަރޝިޕް މަގާމުތައް ފުރުއްވާފައިވެއެވެ.

ކުންފުނީގެ ބޯޑުން ހާމަކުރައްވާފައިވާ ގޮތުގައި މި އިންތިގާލީ މަރުހަލާގައި ވާލްޑޭ އިސްމާޢީލާ ގާތުން މަސައްކަތް ކުރައްވާނެއެވެ. ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއް ނައިސް ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް މި ބަދަލުވުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ބޯޑުން ދެއްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.