ޚާމަނާއި އާއި ދަރިކަލުން މުޖުތަބާ-
ދުނިޔެ
03 Jul 2026 | 09:17
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން މުޖުތަބާ ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް

އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް މިމަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ސަލާމަތީ ނުރައްކާތަކެއް ހުރުމުގެ ސަބަބުން އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެކަން ހާމަވެއްޖެއެވެ.

އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.

36 އަހަރު ވަންދެން އީރާނުގެ އެންމެ މަތީ ލީޑަރުގެ މަޤާމުގައި ހުންނެވި އަލީ ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ޙަމަލާދޭން ފެށި ދުވަހެވެ. މި ޙަމަލާތަކާއެކު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ވަނީ ފެށިފައެވެ.

ޖަނާޒާގެ ކަންކަން ރޭވިފައިވާ ގޮތުން، ރަސްމިއްޔާތުތައް ޖުލައި 4 ގައި ތެހެރާނުގައި ފެށޭނެއެވެ. އަދި ޖުލައި 7 ގައި ތެހެރާނުގެ ދެކުނުން އޮންނަ ރަށެއް ކަމަށްވާ ގުމްގައި ދީނީ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. 6 ދުވަހުގެ މި ރަސްމިއްޔާތުތައް ނިމުމަކަށް އަންނާނީ ޖުލައި 9 ވަނަ ދުވަހު، އީރާނުގެ އިރުއުތުރުގައިވާ މަޝްހަދުގައި އޭނާ ފަސްދާނުލުމުންނެވެ.

އީރާނުގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް ޚާމަނާއީގެ ބޮޑެތި ފޮޓޯތަކާއި ބިލްބޯޑުތައް ހަރުކުރެވިފައިވާ އިރު، މި 6 ދުވަހުގެ ތެރޭގައި އެތައް މިލިއަން މީހުން މަގުތަކަށް ނުކުންނާނެ ކަމަށް ލަފާކުރެވެއެވެ.

މި ޖަނާޒާގައި ބައިވެރިވުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ދަޢުވަތު އަރުވާފައެވެ. ނަމަވެސް މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ނާދިރު ކަމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިއާގެ ފަރާތުން މި ޖަނާޒާގައި ބައިވެރިވާނީ ބިހާރުގެ ގަވަރުނަރު ޖެނެރަލް ސައްޔިދު ޙަސްނައިން އާއި ސްޓޭޓް މިނިސްޓަރ ފޯ އެކްސްޓަރނަލް އެފެއާޒް ޕަވިތުރާ މާގަރީޓާއެވެ. މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ފަރާތުން ކުރީގެ ޚާރިޖީ ވަޒީރު ސަލްމާން ޚުރުޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.