ވެލާނާ ބިލްޑިންގ
ހަބަރު
03 Jul 2026 | 14:16
ސިވިލް ސަރވިސް މުވައްޒަފުންނަށް ގަޑި ނުޖެހޭގޮތަށް 30 މިނިޓުގެ 'ބަފަރ ޓައިމް' އެއް ދީފި

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ޚާއްޞަ ހާލަތްތަކާ ގުޅިގެން، ރަސްމީ ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި "ބަފަރ ޓައިމް" ގެ ގޮތުގައި 30 މިނިޓު ދޭ ގޮތަށް ސިވިލް ސަރވިސްގެ ގަވާއިދަށް އިޞްލާޙު ގެނެސްފިއެވެ.

ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.

އައު ގަވާއިދުގައި ބަޔާންކޮށްފައިވާ މުހިންމު ބައިތައް:

ގަޑި އެޖަސްޓުކުރުން

މުވައްޒަފަކު ރަސްމީ ގަޑި ފެށޭ ވަގުތަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ، އެ ލަސްވި ވަގުތު އޮފީސް ނިމޭ ގަޑިއަށް އިތުރުކުރެވޭނެއެވެ. މިސާލަކަށް، ހެނދުނު 8:00 ގައި މަސައްކަތް ފަށަންޖެހޭ މުވައްޒަފަކު 8:15 ގައި ހާޒިރުވެއްޖެނަމަ، އެ މުވައްޒަފަކު އޮފީހުން ނިކުންނަންޖެހޭނީ ރަސްމީކޮށް އޮފީސް ނިމޭ ގަޑިއަށް 15 މިނިޓު އިތުރުކުރުމަށްފަހުގައެވެ.

އެންގުމާއި އުސޫލު

ބަފަރ ޓައިމްގެ ގޮތުގައި ލިބޭ 30 މިނިޓުގެ ތެރޭގައި މުވައްޒަފު ހާޒިރުވާނަމަ، އެކަން (ބަފާ ޓައިމް ނަގާކަން) ސަބަބާއެކު އެ ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން އޮފީހުގެ ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ ކަނޑައެޅިފައިވާ ފަރާތަކަށް އަންގަންޖެހޭނެއެވެ. ނަމަވެސް 30 މިނިޓަށްވުރެ ލަސްވާނަމަ ބަލާނީ ގަޑިޖެހުނީ ކަމުގައެވެ.

އިސްތިސްނާވާ މުވައްޒަފުން

މި ލުއި ހުރިހާ މުވައްޒަފުންނަކަށް ނުލިބޭނެއެވެ. ބަފަރ ޓައިމް ބޭނުންނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

- އޮފީސް ހުޅުވައި ލެއްޕުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުވައްޒަފުން.

- ޝިފްޓް ޑިއުޓީ ނުވަތަ ދަންފަޅި އުސޫލުން މަސައްކަތްކުރާ މުވައްޒަފުން.

- މިސްކިތު މުވައްޒަފުން.

- އާންމު ރައްޔިތުންނަށް ސީދާގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ޚިދުމަތް ދޭންޖެހޭ މުވައްޒަފުން.

މީގެ އިތުރުން، މަގާމުގެ ގޮތުން އިސްތިސްނާކުރަންޖެހޭ ފަރާތްތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން އިސްތިސްނާކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ކޮމެންޓް
އިބުރާހީމް މުޙައްމަދު
ވަރަށް ރަނގަޅު ގަވާޢިދެއް މިހާރު 1،2 މިނިޓު ލަސްވާތީ ސަލާމް ބުނާ މީހުން ތިބެއެވެ. މިގޮތަށް ގަވައިދު ބަދަލުވުމުން ސަލާމް މަދުވެ ސަލާމް ހާޒިރީ ރަނގަޅުވާނެ.
03 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.