އާޖެންޓީނާ އާއި ކާބޯވާޑޭ ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ފީފާ
ކުޅިވަރު
04 Jul 2026 | 08:18
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް އަތުން މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް

މިފަހަރުގެ ވަރލްޑްކަޕްގައި އާދަޔާހިލާފް ރޫހެއްގައި ފެނިގެންދިޔަ ކޭޕް ވާޑް ބަލިކޮސް އާޖެންޓީނާއިން މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއަށް ދަތުރުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކޭޕް ވާޑް ވަނީ އާޖެންޓީނާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ގޯލްތަކެއްވެސް ޖަހާފައެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ އާޖެންޓީނާއެވެ. އެއީ 29 ވަނަ މިނެޓް ތެރޭގައި މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފްގައި އާޖެންޓީނާއިން ލީޑް ނަގާފައިވަނިކޮށް ކޭޕް ވާޑުން ވަނީ ދެވަނަ ހާފް ފެށިތާ މާ ގިނައިރެއްނުވެ މެޗް އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޑުއާޓޯ އެވެ. މެޗްގައި ދެން ހުރިހާ ލަނޑެއްވެސް ފެނިގެންގޮސްފައިވަނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެެ. އާޖެންޓީނާގެ މާޓިނެޒް 92 ވަނަ މިނެޓްގެ ތެރޭގައި ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ކޭޕް ވާޑްގެ ކަބްރާލް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އާޖެންޓީނާ މޮޅުވީ މެޗުގެ 111 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ބޯޅަ، ޑިނޭ ބޯޖެސްގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ.

ސްޕެއިނާ ދެކޮޅަށް ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް ގިނަ ބައެއްގެ ތައުރީފް ލިބުނުއިރު، އާޖެންޓީނާ މެޗްގައި ވޮޒީނިއާ ވަނީ މާ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އުމުރުން 40 އަހަރުގެ މި ކީޕަރު ވަނީ އާޖެންޓީނާގެ އަށް ހަމަލާއެއް ދިފާއުކޮށްފައެވެ. އޭގެ ތެރޭގައި މެސީ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ، މެސީ ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުމެއް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިންނަށް ގޮސް ހިތްވަރު ދީފައެވެ. ވަރލްޑްކަޕް ގަދަ 16 ގައި އާޖެންޓީނާ ބައްދަލުކުރާނީ މިސްރާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.