ސަތިޝް
ހަބަރު
04 Jul 2026 | 21:55
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް

ހައްދުންމަތީ ގަމު ހަމަދް ބިން ޚަލީފާ އަލް ތާނީ ސްކޫލަށް އިއްޔެއަކީ އެ ސްކޫލްގެ ތާރީހުގައިވެސް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ދުވަހެވެ. އެ ސްކޫލްގައި ތީޗަރެއްގެ ގޮތުގައި ހިދުމަތް ކުރަމުން އަންނަތާ 18 އަހަރަށްވުރެ ގިނަދުވަސްވީ އިންޑިއާއަށް ނިސްބަތްވާ ސަތީޝް ގޮޕިނާތަން އިއްޔެ ކުއްލި މަރާ ގުޅިގެން ސްކޫލާއި ދަރިވަރުންގެ އިތުރުން މުޅި ރަށަށްވެސް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ. އެހާ ގިނަދުވަސްވީ ހިދުމަތްތެރި ޓީޗަރަކު ކުއްލިއަކަށް ތާ އަބަދައް ވަކިވެ ދިއުމުންނެވެ.

ސަތީޝް އަކީ ހަމަ ހުރިހާ އެންމެނަށްވެސް އެއްވަނައިގެ ޓީޗަރެކެވެ. ސަތިޝްގެ މަރާގުޅިގެން ހަމަދު ސްކޫލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްކޫލަށް ލިބިގެން އެ ދިޔައީ ވަރަށް ބޮޑު ހިތާމައެއްކަމަށެވެ. ސަތީޝް މަރުވިއިރު އޭނާ ވަނީ އެ ސްކޫލަށް 18 އަހަރާއި 9 މަސްދުވަހު ހިދުމަތްކޮށްފައެވެ. އޭނާއަކީ ދަރިވަރުންގެ މެދުގައި އެންމެ މަގްބޫލް ޓީޗަރެވެ. އެފަދަ ދެވަނައެއް ނުވާ މޮޅު ބައިއޮލޮޖީ ޓީޗަރެކެވެ.

ސަތީޝް މަރުވިކަން އެނގުނީ ކްލާހަށް އައުން ލަސްވެ، އޭނާގެ ހަބަރެއް ނުވެ ގިނައިރުވުމާ ގުޅިގެން ދިރިއުޅޭ ގެއަށްގޮސް ކޮޓަރި ބެލުމުންނެވެ. އޭގެ ކުރިން އޭނާ ބޮލުގައި ރިއްސާތީ އުޅުނުކަމަށް ކިޔަވައިދިން ބައެއެް ކުދިންގެ ފަރާތުން ވަނީ އެނގިފައެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ. ސްކޫލްގައި ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން އޭނާ އިސްވެ އުޅެއެވެ.ސަތީޝް މަރުވުމުން އެކަމުގެ ހިތާމާގައި މިއަދު ނަގަން އޮތް ޓެސްޓްތައްވެސް ވަނީ މާދަމައަށް ފަސްކޮށްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މަސައްކަތްކުރަމުންދަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިއުމަށެވެ. ސަތީޝްގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު، އިއްޔެ ވަނީ އޭނާގެ މޫނު ދެއްކުމުގެ ކަންކަން ކުރިއަށްގެންގޮސްފައެވެ. ސަތީޝްއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ އޭނާގެ މޫނު ދެކިލުމަށް ހާޒިރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.