ޕަރަގުއޭކޮޅަށް ކުޅުނު މެޗްގައި އެމްބާޕޭ... ފޮޓޯ: ފީފާ
ކުޅިވަރު
05 Jul 2026 | 08:25
އެމްބާޕޭގެ ލަނޑާއެކު ފްރާންސުން ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި

ކިލިއަން އެމްބާޕޭގެ ލަނޑާއެކު ޕަރަގުއޭ ބަލިކޮށް ފްރާންސުން ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ފިލަޑެލްފިއާގައި ރޭ ކުޅުނު ނޮކްއައުޓް ބުރުގައި ޕަރަގުއޭ އާ ބައްދަލުކުރި މިމެޗް ފްރާންސުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެމަބާޕޭ ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްތީގެ ކުރިންވެސް ފްރާންސަށް ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބިގެން ގޮސްފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ދިފާއުކުރީ ޕަރަގުއޭގެ ކީޕަރެވެ. 

ރޭގެ މެޗްގައި ފްރާންސަށް މެޗުގެ އޮއިވަރު ބަދަލުކޮށްލެވުނީ ބްރެޑްލީ ބާކޯލާގެ ބަދަލުގައި ޑެސިރޭ ޑޫއޭ ކުޅެން އެރުވުމުންނެވެ. މެޗްގައި ޕަރަގުއޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ ނަމަވެސް ރެފްރީގެ ފަރާތުން އެކަމަށް މާބޮޑު އަޅާލުމެއް ނުބެހެއްޓިކަން ފްރާންސް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މެޗު ނިމުމަށްފަހުވެސް ހިނގި ހަމަނުޖެހުންތަކުގައި އެއްވެސް ކުޅުންތެރިއަކަށް ރެފްރީ ކާޑެއް ދައްކާފައެއް ނުވެއެވެ.

މުޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ. މިމެޗް ނިމުމަށްފަހު ކުޅުންތެރިން ސަލާމް ކުރިއިރު، އެމްބާޕޭ ވަނީ ޕެރަގުއޭގެ ކީޕަރާ ސަލާމްކުރަން ދެކޮޅު ހަދާފައެވެ.

ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި ފްރާންސް ނިކުންނާނީ މޮރޯކޯއާ ދެކޮޅަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.