ޚާމަނައީގެ ޖަނާޒާ-
ދުނިޔެ
05 Jul 2026 | 10:30
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް؛ ދިނީ ސިއްރު މެސެޖުތަކެއްތަ؟

އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކަމަކީ ކޮންމެ ޤައުމެއްގެ ވަފުދަކަށް ޤުރުއާނުން ތަފާތު އާޔަތެއް ޚާއްސަކޮށްފައިވުމެވެ. 

ހުކުރު ދުވަހު ބޭއްވި ޖަނާޒާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ކޮންމެ ވަފުދެއް ޚާމަނާއީގެ ސަންދޯކާ ކައިރިވުމުން ޤުރުއާނުގެ ތަފާތު އާޔަތެއް ކިޔަވާ ތަން ފެނެއެވެ. މި އާޔަތްތައް ކޮންމެ ޤައުމަކަށް ޚާއްޞަކޮށް ޚިޔާރުކުރީތޯ ނުވަތަ ވަކި ސިޔާސީ މެސެޖެއް ދިނުމުގެ ބޭނުމުގައިތޯ އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ސާފުކޮށްދީފައެއް ނުވެއެވެ.

ނަމަވެސް މުރާސިލުން ފާހަގަކުރާ ގޮތުގައި ވަރަށް ބަލައިގެން ޚިޔާރުކޮށްފައިވާ މި އާޔަތްތައް ޕާކިސްތާނާއި އިންޑިއާ އަދި ސައޫދީ ޢަރަބިއްޔާއާ އެކު އީރާނުގެ ފަހުގެ ގުޅުންތަކާ ދިމާވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި އެ ވަފުދު މާލަމަށް ވެންނެވުމުން ކިޔެވީ ސޫރަތުލް އިސްރާ (17:80) ގެ އާޔަތެވެ.

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި ނަޞްރު ދެނިވި ބާރެއް އިބަރަސްކަލާނގެ ހަޟުރަތުން މިއަޅާއަށް ލައްވާނދޭވެ!“

މި އާޔަތް ޢާންމު ގޮތެއްގައި ފަހުމުކުރެވެނީ ތެދުވެރިކަމާއި ޞައްޙަކަމާއި އިލާހީ ވާގި އެދޭ ދުޢާއެއްގެ ގޮތުގައެވެ. މުރާސިލުން ބުނާ ގޮތުގައި މި ޚިޔާރުކުރުމުން ދޭހަވަނީ ފަހުގެ ހަމަނުޖެހުމުގައި ޕާކިސްތާނުގެ ޑިޕްލޮމެޓިކް ބައިވެރިވުމަށް ތެހެރާނުން ޝުކުރުވެރިވާ ކަމެވެ. އަދި އަވަށްޓެރި ދެ މުސްލިމު ޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ގުޅުމެއް ރަމްޒުކޮށްދޭ ކަމަށެވެ.

އިންޑިއާގެ ވަފުދު ކައިރިވުމުން ކިޔެވުން ބަދަލުވީ ސޫރަތު އާލް ޢިމްރާން (3:173) ގެ އާޔަތަށެވެ.

"އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. 'ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ!' ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!.'"

ގިނަ ކޮމެންޓޭޓަރުން ދެކޭ ގޮތުގައި މިއީ ބޭރުގެ ފިއްތުންތަކުގެ ކުރިމަތީގައި އީރާން އޮތީ ސާބިތުކަމާއެކުކަން ދޭހަވެއެވެ. ބައެއް މުރާސިލުން ބުނާ ގޮތުގައި ފަހުގެ ހަމަނުޖެހުމުގައި އިންޑިއާއިން ދިން ރައްދާ މެދު ތެހެރާނުން ނުރުހުންވެފައިވާކަން ރަމްޒުކޮށްދެއެވެ. އަދި މިއީ ބައިނަލްއަޤުވާމީ ތާއީދަށް ވުރެ ހެއްދެވިފަރާތަށް ބުރަވާ ކަމުގެ އިޝާރާތެއް ކަމަށެވެ.

ސައޫދީ ވަފުދު ވަޑައިގެންނެވުމާ އެކު ކިޔެވީ ސޫރަތު އާލް ޢިމްރާން (3:13) ގެ އާޔަތެވެ.

"(بدر ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބަައިމީހުންނަށް عبرة އެއްވެއެވެ. އެއްބަޔަކީ اللَّه ގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ كافر ބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، مسلم ން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. اللَّه، އެކަލާނގެ نصر ން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއްވާކަން يقين އެވެ.“

ބަދުރު ހަނގުރާމައާ ގުޅޭ މި އާޔަތް ގިނަ މުރާސިލުން މާނަކުރީ ޢަސްކަރީ ބާރާއި ސްޓްރެޓެޖިކް ގުޅުންތަކުން އެންމެ ފަހުގެ ކާމިޔާބީ ކަނޑައެޅިގެން ނުދާ ކަން ކަމަށް މުރާސިލުން ބުނެއެވެ.

ގިނަ ފަރާތްތަކުން މި އާޔަތް މާނަކުރީ މުސްލިމު ޤައުމުތަކަށް ދޭ ނުސީދާ މެސެޖެއްގެ ގޮތުގައެވެ. އެ ގޮތުން އެ ޤައުމުތަކުން އެހެން މުސްލިމު ޤައުމުތަކާއި އީރާނުގެ މައިގަނޑު ދުޝްމިނުން ކަމަށް ދެކޭ ފަރާތްތައް ކަމަށްވާ އެމެރިކާ އާއި އިސްތިއުމާރީ އިސްރާއީލާ ދެމެދު ތަފާތުކުރުމަށް ގޮވާލާ ކަމަށެވެ.

ޖުމްލަކޮށް ބަލާއިރު، ގިނަ ފަރާތްތަކުން ދެކެނީ މީގައި ފުޅާ ޑިޕްލޮމެޓިކް ވާހަކައެއް ހިމެނޭ ކަމަށެވެ. ޕާކިސްތާނަށް ޝުކުރުވެރިކަމެއް އިންޑިއާއާ މެދު ހިމޭން މާޔޫސްކަމެއް އަދި ސައޫދީ ޢަރަބިއްޔާއާ މެދު ޞުލްޙައިގެ ރޫޙާ އެކު އީރާނުގެ ހަމަތައް ދެމެހެއްޓުމުގެ ރަމްޒީ ބަސްތަކެއް ކަމަށެވެ.

މި ޖަނާޒާގައި 90 އަށް ވުރެ ގިނަ ޤައުމުގެ ވަފުދުތައް ބައިވެރިވެފައިވެއެވެ. ރަޝިޔާ ތަމްސީލުކުރެއްވީ ކުރީގެ ރައީސް އަދި ސެކިއުރިޓީ ކައުންސިލްގެ ނައިބު ޗެއާމަން ޑިމިޓްރީ މެޑްވެޑެފެވެ. ޗައިނާއިން ފޮނުވީ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ހެ ވެއި ކަމަށް ވާ އިރު މިއީ ޗައިނާ-އީރާން ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނާޝިޕް ކަށަވަރުކޮށްދޭ ނަމަވެސް އެންމެ އިސް ވެރިއެއް ނުފޮނުވީ ކަމަށް ފާހަގަވެއެވެ. ޢިރާޤުން ރައީސް ނިޒާރް ޢަމީދީ އާއި ސިޔާސީ އަދި ދީނީ އިސް ފަރާތްތައް ވަޑައިގެންނެވި އިރު އާމީނިއާ ޤަޠަރު ޢޫމާން އަޒެރްބައިޖާން މިޞްރު ބަންގްލަދޭޝް ތަޖިކިސްތާން އަދި އުޒްބެކިސްތާނުގެ މަންދޫބުންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ އޮފިޝަލުންވެސް ތެހެރާނަށް ވަޑައިގެންނެވި ކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ލުބުނާނުގެ ޙިޒްބުالله އާއި ފަލަސްޠީނުގެ ޖަމާޢަތްތައް ހިމެނޭ ގޮތަށް އީރާނާ ގުޅިފައިވާ ސަރަޙައްދީ ޙަރަކާތްތަކުގެ ޢާއިލާތަކާއި އިސް ފަރާތްތައް ވެސް ޖަނާޒާގައި ބައިވެރިވެފައިވެއެވެ.

މީގެ ތެރޭގައި އެމެރިކާ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމުތައް ނުވަތަ އެހެން ބޮޑެތި ހުޅަނގުގެ ބާރުތަކުގެ އެއްވެސް އިސް މަސްއޫލު ފަރާތެއް ހިމެނިފައެއް ނުވެއެވެ.

ކޮމެންޓް
ދީނީ
ދީނުގައި ނެތް ކަމެއް، ދީނީ ކަމެއް ކަމުގައި ހަދައި ކުރުމަކީ ބިދުޢައެއް.
05 Jul 2026
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.