މެޗަށްފަހު މެރީނޯ އާއި ރޮނާލްޑޯ.. ފޮޓޯ: ފީފާ
ކުޅިވަރު
07 Jul 2026 | 05:52
ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ވަރލްޑްކަޕް ނިމިއްޖެ

ވަރލްޑްކަޕްގެ ނޮކްއައުޓް ސްޓޭޖްގައި ރޭ ސްޕެއިންނާއި ޕޯޗްގަލް ބައްދަލުކުރިމެޗް ސްޕެއިން ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް އެޓީމް ހޯދައިފިއެވެ.

ޑަލަސްގައި ކުޅުނު މިމެޗްގެ ފެނިގެންދިޔައީ ކުރިން ހީކުރިވަރަށްވުރެ ފޯރި ދަށްކޮށެވެ. މިމެޗް 1-0 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކުރިއިރު، މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްޕެއިނަށް ޖަހައިދިނީ، މިކޭލް މެރީނޯއެވެ. އެއީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ފެރަން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދުނިޔޭގެ ފެންވަރުގެ ގިނަ ތަރިންތަކެއް ފެނިގެންދިޔަ މި މެޗުގައި، ކުޅުންތެރިންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މި ނަތީޖާއާއެކު ޕޯޗުގަލް މުބާރާތުން ކެޓިއިރު، ޓީމުގެ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މަގާމުން އިސްތިއުފާ ދިފައެވެ. އަދި މިއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕްކަން އޭނާ ވަނީ މެޗުގެ ކުރިން ހާމަކޮށްފައެވެ.

މުޅި މެޗުގައި ޕޯޗުގަލްގެ ފަރާތުން ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއަކީވެސް ރޮނާލްޑޯ ފޮނުވާލި ހަމަލާއެކެވެ. ސްޕެއިންގެ ވަރުގަދަ ޑިފެންސާއި މެދުތެރޭގެ ކޮންޓްރޯލްގެ ސަބަބުން ޕޯޗުގަލްއަށް ފުރުސަތުތަކެއް ނުލިބުނެވެ. މިއާއެކު ސްޕެއިން ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓައި، އަދި މި މުބާރާތުގައި މިހާތަނަށް އެއްވެސް ލަނޑެއް ވަދެފައިނުވާ ހަމައެކަނި ޓީމަށެވެ.

ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސްޕެއިން ބައްދަލުކުރާނީ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ