އެމްބާޕޭ
ދުނިޔެ
07 Jul 2026 | 08:30
ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރައަށް އެމްބާޕޭ ވަރުގަދަ ރައްދެއް

ފަރަންސޭސިވިލާތުގެ ތަރި ކީލިއަން އެމްބާޕޭގެ ނަސްލާއި ތަޢުލީމާ ބެހޭގޮތުން ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރަ އެމްބާޕޭ އާއި ފަރަންސޭސި ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، ވަނީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ފަރަންސޭސިވިލާތް އަތުން ޕެރަގުއޭ ބަލިވި މެޗަށްފަހު އެމްބާޕޭއަށް ނިސްބަތްކޮށް ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ދައްކާފައެވެ.

އެގޮތުން އޭނާ އަކީ ލިޔަން ކިޔަން ނޭނގޭ ކެމަރޫން މީހެއް ކަމަށާ، މެޗު ނިންމާލުމަށްފަހު ޕެރެގުއޭ ޓީމު މީހުން އެމްޕާބޭގެ މޫނުމަތީގައި ޖަހާލަންވެސް ޖެހޭ ކަމަށް ބުނެފައިވެއެވެ. 

މިކަމާ ގުޅިގެން އެމްބާޕޭ ބުނެފައިވަނީ އަމަރިއްލާއަކީ އެ މަޤާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ މަތިން ދުނިޔެ ހަނދާން ނެތި، ޤައުމުގެ އަގު ވެއްޓިފައިވާ ކަމަށް އެމްބާޕޭ ފާހަގަކުރިއެވެ. އެމްބާޕޭ އިތުރަށް ބުނީ، ދުނިޔޭގައި ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ނުދޭނެ ކަމަށެވެ.

ފަރަންސޭސި ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަމަރިއްލާގެ މި ވާހަކަތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ޖިނާއީ ދަޢުވާ ކުރުމަށް ނިންމާފައެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މުޅި ފަރަންސޭސިވިލާތަށް ކުރި އިހާނެތްތެރިކަމެއް ކަމަށާއި، މި މައްސަލަ ޕްރޮސިކިއުޓަރަށް ހުށަހަޅާނެ ކަމަށެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ޕެނަލްޓީއާއެކު އޭނާ ވަނީ މި މުބާރާތުގައި 7 ލަނޑު ހަމަކޮށް، ލިއޮނަލް މެސީ އަދި އާލިން ހާލަންޑާ އެއްވަރަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައެވެ.

މީގެ އިތުރުން، ޕެރަގުއޭގެ ކުރީގެ ގޯލްކީޕަރު ހޯސޭ ލުއިސް ޗިލަވަރޓް ވެސް ވަނީ ފަރަންސޭސި ޓީމަކީ "އެފްރިކާގެ ޓީމެއް" ކަމަށް ބުނެ ނަސްލީ ގޮތުން ފުރައްސާރަކޮށްފައެވެ. އެފް.އެފް.އެފް ގެ ރައީސް ފިލިޕް ޑިއާލޯ ވަނީ ޗިލަވަރޓްގެ މި ވާހަކަތަކީ ލަދުވެތި ވާހަކަތަކެއް ކަމަށް ބުނެ، އޭނާ ކުށްވެރިކުރައްވާފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.