ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު --
ހަބަރު
07 Jul 2026 | 17:59
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ

ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުމުގެ އިތުރުން، އިޤްތިޞާދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު އޮތް ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026 (އައިޖޭސީއެޗްޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ޞިއްޙީ ޚިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައި ވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލި މީހެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތު

އަދި ޤައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިޤްތިޞާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަންހުރި މިންވަރީ، އެ ޤައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރެއްގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ޞިއްޙީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ކަންކަމުގެ ދައުރު ފުޅާވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރެވިގެންދާ ދިއުމުގައި، ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައިވިޔަސް، އޯގާތެރިކަމަކީ ބަދަލުނުކުރެވޭނެ ކަމެއްކަން ފާހަގަކުރައްވައި، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެ ކަމާއި، ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަމުގައި އެކަމަނާ ސިފަކުރެއްވި އެވެ. ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާއި، އިންސާނުންނަށް ޚިދުމަތް ކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާ ވެގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތު

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް ތަކަށް ވިލުންތެރި ޞިއްޙީ ނިޒާމެއްގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާއި، އައު ބަލިތައް ފެތުރުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމަކީ އީޖާދީ އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަށް ބޭނުންވާ ގޮންޖެހުންތަކެއްކަމުގައި ވިދާޅުވި އެވެ. ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްޤީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، ޚާއްޞަ ޚިދުމަތްތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި ވުނަކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުން ކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ޙާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތު

ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންގެ ޚިދުމަތްތެރިކަމާއި އޯގާތެރިކަމަށްޓަކައި އެކަމަނާގެ ވާހަކަފުޅުގައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކަނބަލުންގެ ދައުރު ފާހަގަކުރައްވައި، އަންހެނުން އިސް ސަފުގައި ތިބުމުން ޞިއްޙީ ނިޒާމުތައް އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ، އަދި މުޖުތަމަޢުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ޞިއްޙީ ނިޒާމު ވެގެންދާކަމަށާއި، ޞިއްޙީ ދާއިރާގެ އިސް ސަފުގައި އަންހެނުންނަށް އެއްބާރުލުން ދިނުމަކީ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ މިހިނގާ ޖުލައި މަހުގެ 7 އިން 9 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ. މި ކޮންފަރެންސްގެ ޝިޢާރަކީ "އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.