އާޖެންޓީނާ އެފްއޭގެ ރައީސް އަދި ފީފާގެ ރައީސް.. ފޮޓޯ: އޭޕީ
ދުނިޔެ
08 Jul 2026 | 18:29
މަނީ ލޯންޑަރިން މުއާމަލާތްތަކެއް ހިންގައިގެން އެފްބީއައި އިން އާޖެންޓީނާގެ ފުޓްބޯޅަ އިދާރާގެ މައްސަލައެއް ބަލަނީ

މަނީ ލޯންޑަރިންގެ މައްސަލައެއްގައި އެމެރިކާގެ އެފްބީއައި އިން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

މީޑިއާގެ ރިޕޯޓްތަކުގައި ބުނެފައިވަނީ، އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކްލައިޑިއޯ ޓާޕިއާގެ ބައިވެރިވުމާއެކު ހިންގާފައިވާ މި މާލީ މުއާމަލާތްތައް މިހާރު ވަނީ ކަމާބެހޭ ތަހްގީގީ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައެވެ. މިވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކުރި އެއް މީޑިއާއަކީ އެމެރިކާގެ ފޮކްސް ސްޕޯޓްސްއިން ނެވެ. އާޖެންޓީނާގެ އެފްއޭއިން މި މުއާމަލާތްތައް ހިންގާފައިވަނީ، އެމެރިކާގެ މާލީ ނިޒާމު މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައުރުވާ ގޮތަށް ކަމަށްވާއިރު، މި މުއާމަލާތްތައް އެމެރިކާގެ ޤާނޫނުތަކާ ހިލާފްވޭތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފޮކްސްއިން ވަނީ ބުނެފައެވެ. އަދި މިކަމުގައި ޖިނާއީގޮތުން ކޮށްފައިވާ ކުށްތައް ބަލަމުންދާކަމަށް ބުންޏެވެ.

މި މައްސަލައިގައި ބޮޑަށް ތުހުމަތު ކުރެވެނީ ފްލޮރިޑާގައި ގާއިމުކޮށްފައިވާ "ޓުއަރޕްރޮޑް އެންޓަރ އެލްއެލްސީ" ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. މިއީ އޭއެފްއޭގެ ބޭރުގެ މާލީ ކަންކަން ބަލަހައްޓާ ކުންފުންޏެއްކަމަށް ބުނެއެވެ. މި ކުންފުނީގެ ވެރިޔަކީ ތިއޭޓަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ހަވިއަރ ފަރޯނީއެވެ. ރިޕޯޓުގައިވާ ގޮތުން ފަރޯނީ އާއި އޭނާގެ އަނބިކަނބަލުން އެރިކާ ގިލެޓް ވަނީ އެމެރިކާގެ ބޮޑެތި ފަސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތައް މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައުރުކޮށްފައެވެ. މީގެ ތެރޭގައި ސިޓީ ބޭންކް، ބޭންކް އޮފް އެމެރިކާ އަދި ޖޭޕީ މޯގަން ފަދަ ބޭންކުތައް ހިމެނެއެވެ.

ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި އެކައުންޓުތައް މެދުވެރިކޮށް އޭއެފްއޭގެ އާމްދަނީގެ ތެރެއިން 260 މިލިއަން ޑޮލަރު މެނޭޖްކޮށްފައިވާއިރު، މީގެ ތެރެއިން ބައެއް ފައިސާއަކީ އެސޯސިއޭޝަންގެ ހިންގުމުގެ ހަރަދުތަކާ ސީދާ ގުޅުންހުރި ފައިސާކަން އަދި މިހާތަނަށް ކަށަވަރު ކުރެވޭކަށް ނެތެވެ. އަދި އިތުރު 57 މިލިއަން ޑޮލަރު އެކި ކުންފުނިތަކަށާއި ފަރާތްތަކަށް ބަހާފައިވާއިރު، އެ ފައިސާ ދޫކުރި މާލީ ލިޔެކިޔުންތައް ފެންނައްނެތްކަމަށް ވެއެވެ. 

އާޖެންޓީނާގެ އެފްއޭއިން މަނީ ލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވަރލްޑްކަޕަށް ތައްޔާރުވަމުންދިޔައިރު، ޓާޕިއާގެ މައްޗަށް އެކިއެކި ކަންކަމުގައި ވަނީ ތުހުމަތުތައް ކުރެވިފައެވެ. މީގެ ތެރޭގައި ޓާޕިއާގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތުގައި ވަނީ ދައުވާވެސް އުފުލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.