ހާލަންޑް
ކުޅިވަރު
10 Jul 2026 | 09:11
ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗުގައި، ފްރާންސްގެ ކީލިއަން އެމްބާޕޭ ޕެނަލްޓީ ޖެހުމަށް ގިނައިރުތަކެއް ވަންދެން މަޑުކުރަން ޖެހުމުން، ނޯވޭގެ ތަރި އާލިން ހާލަންޑް އެކަމަށް ފާޑުކިޔައިފިއެވެ.

މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

މިކަމަާ ގުޅިގެން ހާލަންޑް އޭނާގެ ސްނެޕްޗެޓްގައި ބުނެފައިވަނީ، ޕެނަލްޓީއެއް ޖެހުމަށް 5 މިނެޓު މަޑުކުރަން ޖެހުމަކީ މާ ގިނަ ވަގުތު ކަމަށެވެ.

ހާލަންޑްގެ ސްނެޕް

މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ އެނަލިސްޓް ރޯއީ ކީން ވެސް ވަނީ މިއީ އިންސާފެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އެހާ ގިނައިރު މަޑުކުރަން ޖެހުމުން، ޕެނަލްޓީ ޖަހާ ކުޅުންތެރިޔާއަށް އޮންނަ ޕްރެޝަރު އިތުރުވެ، އެޑްވާންޓޭޖް ލިބެނީ އިދިކޮޅު ޓީމަށެވެ.

އެމްބާޕޭ ޖެހި ޕެނަލްޓީ މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫ ވަނީ ދިފާއުކޮށްފައެވެ. ޕެނަލްޓީ ނާކާމިޔާބުވުމުން އެމްބާޕޭ ވަނީ އަނެއްކާވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި މެޗުގެ ހުރިހާ އޮފިޝަލުންނަކީ އާޖެންޓީނާއަށް ނިސްބަތްވާ މީހުން ކަމަށް ވުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފީފާގެ އެ ނިންމުމަށް ސުވާލު އުފައްދާފައެވެ. ނަމަވެސް، ފީފާއިން މީގެ ކުރިން ވެސް ވަނީ އެއް ގައުމެއްގެ ރެފްރީން މެޗުތަކަށް ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި މެކްސިކޯ ބައްދަލުކުރި މެޗުގައި އޮސްޓްރޭލިއާގެ ތިން ރެފްރީން ތިބިކަން ފާހަގަކޮށްލެވެއެވެ.

ފްރާންސް އާއި މޮރޮކޯ މެޗުގެ ރެފްރީން ހަމަޖެއްސީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ކުރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.