އެމްބާޕޭ.. ފޮޓޯ: ސްކައިނިއުސް
ކުޅިވަރު
10 Jul 2026 | 04:21
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް

ކިލިއަން އެމްބާޕޭގެ މޮޅު ކުޅުމާއެކު މޮރޯކޯ ބަލިކޮށް ވަރލްޑްކަޕް ސެމީފައިނަލުގެ ޖާގައެއް ފަރަންސޭސިން ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ފްރާންސް އާއި މޮރޯކޯ ބައްދަލުކުރިމެޗް ފްރާންސުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މެޗްގައި ފްރާންސްގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފްގައެވެ. އޭގެ ކުރިން ފުރަތަމަ ހާފްގައި ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތުތައް ފްރާންސަށް ވަނީ ލިބިގެންގޮސްފައެވެ. ފްރާންސްގެ ފޯވާޑުންގެ ތެރެއިން އެމްބާޕޭ އަދި ޑެމްބަލޭ ވަނީ މި ހާފްގައި މޮރޯކޯގެ ޑިފެންސްލައިން ފޫ އަޅުވާލައި ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައ ްދިފާއުކުރީ މޮރޯކޯގެ ކީޕަރެވެ.

ފުރަތަމަ ހާފްގައި ފްރާންސަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެމްބާޕޭ ޖެހި ޕެނަލްޓީ ވަނީ މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫ ވަނީ ދިފާއުކޮށްފައެވެ. މެޗްގައި ފްރާންސުން ޖެހި ފުރަތަމަ ލަނޑު އެމްބާޕޭ ކާމިޔާބުކުރީ 60 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޑެމްބެލޭ ޖަހާފައިވަނީ 66 ވަނަ މިނެޓް ތެރޭގައެވެ.

މިމެޗްގައި އަނިޔާގެ ސަބަބުން މޮރޯކޯގެ އިސްމާޢީލް ސައިބާރީއަށް ނުކުޅެވުމުން އެޓީމްްގެ ފަރާތުން ފެނުނު އެޓޭކުތައް ފެނިގެންދިޔައީ ވަރަށް ބަލިކަށިކޮށެވެ. ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފަރަންސޭސި ޓީމުން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ސްޕެއިން ނުވަތަ ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ވަރލްޑްކަޕް ކުއާޓާފައިނަލުގައި ރޭ ސްވިޒަރލެންޑާއި ކޮލަމްބިއާ ބައްދަލުކުރިމެޗް ޕެނަލްޓީ ޖަހައިގެން ސެމީއަށް ދިޔައީ ސްވިޒަރލޭންޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.