ނަތަންޔާހޫ އާއި އާޖެންޓިީނާގެ ރައީސް
ދުނިޔެ
10 Jul 2026 | 13:10
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން

އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރަން ކަމަށް އޭނާ ބުނެފައިވެއެވެ.

އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.

"ވޯލްޑް ކަޕްގައި އަހަރެން ސަޕޯޓްކުރަނީ އާޖެންޓީނާ. ކީއްވެކަން އެނގޭތަ" ނަތަންޔާހޫ ސުވާލުކުރިއެވެ. ޕޮޑްކާސްޓް ހޮސްޓު "މެސީ" އޭ ޖަވާބު ދިނުމުން ނަތަންޔާހޫ ބުނީ "ނޫނޭ މެސީގެ ކުރިން މިލޭއީ. އޭނާއަކީ ސުޕަސްޓާރެއް" ކަމަށެވެ.

އެއަށް ފަހު ނަތަންޔާހޫ ވަނީ އާޖެންޓީނާގެ ރައީސް މިލޭއީއާ ސަޕޯޓްކުރާ ސަބަބު ކިޔައިދީފައެވެ. އެގޮތުން ބުނީ ހާވިއެރް މިލޭއީ މަޤާމާ ހަވާލުވީއްސުރެ އިސްރާއީލަށް ފާޅުގައި ތާއީދުކުރާކަން ހާމަކޮށްފައިވާ ކަމަށެވެ.

އަދިމިލޭއީގެ ޢުމުރާއި ތަޖުރިބާއަށް ރިޢާޔަތްކޮށް އެ ޤައުމަށް "މިފަދަ ތަޖުރިބާކާރު ކުޅުންތެރިއެއް" ލިބުމަކީ ނަސީބެއް ކަމަށްވެސް ބުނެފައިވެއެވެ.

އާޖެންޓީނާ 2026 ފީފާ ވޯލްޑް ކަޕަށް ވަދެފައިވަނީ ޑިފެންޑިން ޗެމްޕިއަނުގެ ގޮތުގައެވެ. ލިއޮނެލް މެސީ އަދިވެސް ޓީމު ލީޑުކުރަމުންދާއިރު އާޖެންޓީނާ ވެފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމަށެވެ.

ކޮމެންޓް
حسين
އާރޖެންޓީނާ ފައިނަލް މެޗް ކުޅޭއިރު ޓީވީ ލައިވް ކަނޑާލުން ކިހިނެތްތޯ.. ރާއްޖޭގައި ތި ޓީމަށް އެންމެ ބޮޑަށް ސަޕޯރޓް ކުރީ ބަނގްލަދޭޝް މީހުން. މިސްރު މެޗްގައިވެސް
11 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.