އަބްދުއްރަހީމް އެމްއެމްޓީވީގައި ވާހަކަ ދައްކަވަނީ.. ފޮޓޯ: އެމްއެމްޓީވީ
ހަބަރު
11 Jul 2026 | 12:08
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް

އިދިކޮޅު އެމްޑީޕީގެ ފަލްސަފާ ރައްޔިތުން ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހް މިހާރު ހުރިގޮތާ ބެހޭގޮތުން އެމްއެމްޓީވީގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އެގޮތުން ޤައުމަށް އާމްދަނީ ލިބޭ ތަންތަނުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކާލިއިރު، ލޯނު ނަގަން ދެން ހުރި ތަންތަން ރަހުނުކުރިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. 

އަބްދުއްރަހީމް ވިދާޅުވީ އެންމެ ފުރަތަަ އެމްޑީޕީއަށް ވެރިކަން ލިބިގެން ކަންކަން ވެގެންދިޔަގޮތް އަދިވެސް ރައްޔިތުން ހަނދާން ހުއްނާނޭކަމަށެވެ. އެގޮތުން 12.42 ރޭޓްގައި އޮތް ޑޮލަރު ރޭޓް ބޭންޑެއް އެޅުވުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރެއްގެ އަގު 16 ރުފިޔާއަށް އަރައިގެން ދިއުމާއި ތަކެތީގެ އަގުތަކާއި، އަސާސީ ހިދުމަތްތަކުގެ އަގުތަކުގެ އަގުތައް މައްޗަށްގޮސް މުޒާހަރާކުރުމަށް މަގުމައްޗަށް ނިކުންނަން ޖެހުނުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ގޮވާލުމަށް ރައްޔިތުން މިހާރު އިޖާބަނުދެނީ މާޒީގައި ކަންކަން ވެ ދިޔަގޮތުންކަމަށް އޭނާ ވިދާޅުވިއެވެ.

ތަކެތީގެ އަގު ބޮޑުވަނީ ރައްޔިތުން ހަނާވަނީގެ ނަމުގަ އަޅުގަނޑުމެން ނިކުތީ. އެއީ މަޖުބޫރުވެގެން ނިކުތީ. ކަރަންޓުގެ އަގުބޮޑުވެގެން އަޅުގަނޑުމެން ނިކުތީމު. މިއަދުގަ އެއްކަލަ އެމީހުން ގޮވާދީމަ ނުނިކުނަނި ކީއްވެގެން؟ އެއީ ރައްޔިތުންނަށް އެނގޭ އޭރާއި މިއަދުގެ ތަފާތު. އެއީ ނުނިކުނަ ސަބަބަކީ

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީއެމްޑީޕީ ސަރުކާރުގައި ތަންތަން އެޅުމަށް އެކިފަރާތްތަކާ ހަވާލުކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދިޔަނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާކަމަށެވެ. އަދި ޤާނޫނާ ހިލާފަށް ފައިސާ ޗާޕުކޮށް ދަރަނި އިންތިތިހާއަށް ނެގިއިރު، ބަދަލުގައި ދައުލަތުގެ ބައިތުލްމާލަށް އާމްދަނީއެއް ލިބޭނޭފަދަ ގޮތަކަށް ކަންކަން މެނޭޖް ކުރެވިފައި ނުވާކަން އަބްދުއްރަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އަދުގެ ސަރުކާރުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް ދަރަނި އަދާކުރިއިރު، ދަރަނިތައް އަދާކޮށްފައިވަނީ ބޭރުގެ އެއްވެސް ފަރާތަކުން ފައިސާ ނުހޯދައިކަމަށެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެހާބޮޑު ދަރަންޏެއް އަދާކުރީ ދައުލަތުގެ ބައިތުލްމާލަށް ލިބޭ އެއްޗަކުން ހަރަދުތައް މެނޭޖްކޮށްގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ލައްޓި
ޢެމްޑީޕީ ފަލްސަފާއަކީ މިހާރައްބޭނުންވާ ފަލަސްފާއެއްނޫން އެއީ ލާދީނީ ފަލްސަފާއެއް
11 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.