-
ހަބަރު
07 Jul 2026 | 22:57
ކުނި އުފުލާ ތިން އުޅަނދެއް ބަނުމުގެ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓްރީ

ރާއްޖޭގެ ރަށްރަށުގައި ޖަމާވާ ކުނި ރައްކާތެރިކަމާ އެކު އުފުލުމަށް ކަނޑުމަގުން ދުއްވާ ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރަން ފަށާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު މުރުތަލާ ވިދާޅުވީ ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ފަހު އެ ތަކެތި ބޭރުކުރެވޭނެ ވަސީލަތްތައް ބޭނުންވާ ކަމަށެވެ. "ރަށްރަށުގައި އުފައްދާ ކުނި މެނޭޖްކުރުމަށްފަހު އެތަކެތި ބޭރުކުރުމަށް ވަސީލަތްތައް ބޭނުންވޭ. މެރިން ޓްރާންސްޕޯޓްއަށް ކަމަށްވާތީ ކަނޑުގައި ދުއްވާ މިކަމަށް ހާއްސަކޮށް ޑިޒައިން ކުރެވިގެން އުޅަނދުތައްވެސް ހޯދަން އެބަޖެހޭ." ކަމަށް މުރުތަލާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ޖުމްލަ ތިން އުޅަނދު ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އިންޑިއާގައި ބަންނަ އުޅަނދު ނިމިފައިވާ ކަމަށާއި އެ އުޅަނދު ރާއްޖެ ގެނައުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް މުރުތަލާ ވިދާޅުވިއެވެ. ރާއްޖޭގައި ބަނދެވޭ ދެ ލޭންޑިން ކްރާފްޓުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުރުތަލާ ވިދާޅުވީ ސަރުކާރުގެ ކުނި މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތު ބިނާވެފައި ވަނީ ގްރީން އިކޮނޮމީ އާއި ސާކިއުލާ އިކޮނޮމީއަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ނިޒާމެއްގެ މައްޗަށް ކަމަށެވެ. މި ދާއިރާ މިހާރު ޤާނޫނީ ގޮތުން ޔުޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ކުނި މެނޭޖުކުރުމުގެ ޢާންމު ގަވާއިދާއި ޚިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ އިތުރުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާ ބެހޭ ގަވާއިދު ފަދަ މުހިންމު ގަވާއިދުތައް އެކުލަވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.