ސްވިޒަރލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އަލްވަރޭޒް.. ފޮޓޯ: ސްކައިސްޕޯޓްސް
ކުޅިވަރު
12 Jul 2026 | 11:47
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް

ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި ސްވިޒަރލޭންޑް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ސެމީގެ ޖާގައެއް އާޖެންޓީނާ ކަށަވަރުކުރީ 3-1 ގެ ނަތީޖާއިން ސްވިޒަރލޭންޑް ބަލިކުރުމަށްފަހުގައެވެ. މިމެޗްގެ ނަތީޖާ އާޖެންޓީނާއަށް ނެރެވުނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ. އޭގެ ކުރިން މެޗްގެ ފުރަތަމަ ހާފްގެ 10 ވަނަ މިނެޓްތެރޭގައި ލިއޮނަލް މެސީ ނެގި ކޯނަރަކުން އެލެކްސިސް މެކް އެލިސްޓާ ކާމިޔާބު ކުރި ލަނޑާއެކު ކުރި ހޯދި ނަމަވެސް، އެ ޓީމަށް އެ ފަރަގު ބޮޑުކުރެވޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނެޓުގައި ނޮޓިންހަމް ފޮރެސްޓުގެ ވިންގަރު ޑެން އެންޑޯއީ ސުވިޒަލޭންޑަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދު އާކޮށްދިނުމެވެ.

މެޗުން އާޖެންޓީނާ ކޮންޓްރޯލް ނެގީ ސްވިޒަރލޭންޑްގެ އެމްބޯލޯއަށް ދެއްކި ރަތްކާޑަށް ފަހުގައެވެ. ދެވަނަ ފަހަރަށް އާޖެންޓީނާއަށް ލީދް ނަގައިދިނީ، އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި އަލްވަރޭޒް އެވެ. އަދި އޭގެ ހަތް މިނެޓްފަހުން މާޓިނެޒް ވެސް ވަނީ ލަނޑެއްޖަހައި ސެމީފައިނަލުގެ ޔަގީންކަން ބޮޑުކޮށްދީފައެވެ.

މި މެޗުގައި މެސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވަނީ ރެކޯޑެއް މުގުރާލާފައެވެ. އެއީ ވަރލްޑްކަޕްގެ ތާރީހުގައިވެސް 10 އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑެވެ. މި ރެކޯޑް ކުރިން އޮންނަނީ އުރުގުއޭގެ ރަންޒަމާނުގައި އެޓީމްގެ އަތުގައެވެ.

ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.