އަދާލަތުގެ އިސްވެރީން
ހަބަރު
12 Jul 2026 | 19:20
ބޭރުގައި ކިޔަވަން އަދާލަތު ޕާޓީން 20 ސްކޮލާޝިޕް ދެނީ، މާލީ ގޮތުން ދަށް މީހުންނަށް އިސްކަން

މެލޭޝިއާގެ ޔުނިވަރސިޓީއެއް ކަމުގައިވާ އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން އަދާލަތު ޕާޓީއަށް 20 ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާތީ އެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތަކަށް ހުޅުވާލައިފި އެވެ.

އެ ޕާޓީން ބުނީ މި ސްކޮލަޝިޕް ތަކުގެ ތެރެއިން 26 އޮކްޓޫބަރު ގައި ފައްޓާ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަަށެވެ. މިގޮތުން، ތިން ފެކަލްޓީއަކުން 3 އަހަރު ދުވަހުގެ ޑިގްރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ. އެއީ؛

* ސްކޫލް އޮފް ބިޒްނަސް – ވިޔަފާރި (ބިޒްނަސް) އާ ގުޅޭ ދާއިރާތަކުގެ ޑިގްރީ

* ސްކޫލު އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ސައިންސް – ތަޢުލީމު، އިޖުތިމާޢީ އަދި އިންސާނީ ސައިންސް އާ ގުޅޭ ދާއިރާތައް

* ސްކޫލު އޮފް ކޮމްޕިއުޓިންގް – ކޮމްޕިއުޓަރ ސައިންސް، ޑާޓާ ސައިންސް، އިންފޯމޭޝަން ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީ

މި ސްކޮލަޝިޕަށް ކުރިމަތިލެވެނީ ވަކި ޝަރުތުތަކެއް ހަމަވާނަމަ އެވެ.

1- 17 އަހަރާއި 23 އަހަރާއި ދެމެދު

2-  ކައިވެނި ކޮށްފައިވާ މީހަކަށް ނުވުން

3- މާލީ ޙާލަތަށް ރިޢާއަތްކޮށް، މާލީ ފުދުންތެރިކަން ދަށް ކުދިންނަށް އިސްކަން ދޭނެ

4- ގްރޭޑް 12 ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން

5- ދަށްވެގެން ސީޖީޕީއޭ 2.8 ގައި ހިފެހެއްޓުން (ކޮމްޕިއުޓާ ސައިންސް ނުވަތަ ޑާޓާ ސައިންސް ނަމަ، ދަށްވެގެން  ސީޖީޕީއޭ 3.0 ހިފެހެއްޓުން)

6. މިވަގުތު އެއްވެސް މަތީ ތަޢުލީމު ދޭ ތަނެއްގައި ކިޔަމުންދާ ފަރާތެއް ކަމުގައި ނުވުން

7. އެއްވެސް އެއްބަޑު، އެއްބަފާ ނުވަތު އެއްބަނޑު އެއްބަފާ މީހަކަށް މި ޔުނިވާސިޓީގެ ފައުންޑޭޝަންގެ ފަރާތުން އެހީ ލިބިފައި ނުވުން

8. IELTS / TOEFL / TOEFL iBT / PTE  ހާސިލުކޮށްފައިވުން

މި ސްކޮލަޝިޕްގެ ތެރެއިން ވިސާ ފީ އާއި މެލޭޝިޔާއަށް ދަތުރު ކުރުމުގެ ހަރަދާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓް (1200 ރިންގިޓު) ފިޔަވާ ހުރިހާ ހަރަދެއް ހަމަޖެހިގެންދާނެ ކަމަށް އަދާލަތުން ބުންޏެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އައިޑީ ކާޑު ކޮޕީ، ސީވީ އަދ އެޓެސްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއު އެ ފަރާތެއްގެ ބެލެނިވެރިންނަށް ލިބޭ އާމްދަނީ ކަށަވަރުކޮށްދޭ ލިޔުންތައް (ސެލެރީ ސްލިޕް) ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ އެހީ ލިބޭ ފަރާތްތެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް [email protected] އަށް 25 ޖުލައި ގެ ކުރިން އީމެއިލް ކުރުމަަށް ވަނީ އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.