ސިވިލްކޯޓް ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު
13 Jul 2026 | 16:05
ކޯޓުން ނިންމީ ކުޅުދުއްފުއްޓަށް ކަރަންޓްދޭން، ފެނަކައިން ކައުންސިލާއެކު އެއްބަސްވުމެއް ހަދަން ނުޖެހޭނޭކަމަށް

ފެނަކައިން ކުޅުދުއްފުއްޓަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ކުޅުދުއްފުށީސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ހަދަން ނުޖެހޭނޭކަމަށް ސިވިލްކޯޓުން ކަނޑައަޅައިފިއެވެ.

ކުޅުދުއްފުށީސިޓީ ކައުންސިލުން ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުޅުދުއްފުއްޓަށް ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުން އެ ސިޓީއަށް ލާޒިމްކޮށްފައި އޮތުމުން ފެނަކައާއެކު އެކަން ކުރުމަށް އެއްބަސްވުމެއް ގާއިމްކުރުމަށް އެކުންފުނިން އެއްބާރުލުން ނުދިނުމުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައެވެ. 

މި މައްސަލާގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައު ކުޅުދުއްފުއްޓަށް ފެނަކަ މެދުވެރިކޮށް ކަރަންޓް ދިނުމުގެ ބޭނުމަށް ފެނަކައާއި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއް އެކުލަވާލަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުން ހިމެނެއެވެ.

މި މައްސަލާގައި ދައުވާ ލިބޭ ފެނަކައިން އެދިފައިވަނީ، އެއްބަސްވުން ގާއިމްކުރަން އަމުރު ކުރަންޖެހޭ ތަނެއް ނެތްކަމަށާއި، އަދި އެއްބަސްވުން ގާއިމް ނުކުރުމަކީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭނެ ކަމެއް ނޫންކަމަށެވެ.

މި މައްސަލަ ބެއްލެވުމަށްފަހު ދެފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޔާއަތް ކުރައްވައި ފަނޑިޔާރުން ވަނީ ފެނަކައިން ހިދުމަތް ދެމުންގެންދަނީ ދިވެހި ސަރުކާރުން އެ ހިދުމަތް ދިނުން އެފަރާތައް ލާޒިމްކޮށްގެން ކަމަށްވާތީ، މައްސަލާގައި އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަން ފާހަގަކުރައްވާފައެވެ. 

އެހެންކަމުން ސިވިލްކޯޓުން ވަނީ ކުޅުދުއްފުށީ ކައުންސިލުން ފެނަކައިގެ މައްޗަށް ރައްދުކޮށް ހުށަހެޅި އެ ދައުވާ ސާބިތުނުވާކަމަށް ނިޔާ ކަނޑައަޅާފައެވެ.

ކޮމެންޓް
އަލިފުޅުބެ
ކުޅުދުއްފުށީ މީހުންނަށް އެނގޭނީ މަށިމާލި ހަދައިގެން އެއިރެއްގައި އޮންނަ ސަރުކާރަކައް ފުރައްސާރަ ކުރަން.
13 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.