މެސީ ވޯލްޑް ކަޕް 2026 ގެ މެޗެއް ކުޅުމުގެ ތެރެއިން -
ކުޅިވަރު
15 Jul 2026 | 14:10
އާޖެންޓީނާ-އިންގްލެންޑް މެޗުގެ ރެފްރީއަކީ ލިއޮނަލް މެސީގެ ފޭވަރިޓް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސައިފިއެވެ.

މި މެޗުގައި އެލްފަތަށް އެހީތެރިވެދޭނީ އެމެރިކާގެ ކޯރީ ޕާކާ އާއި ކައިލް އެޓްކިންސްއެވެ. ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައި އިޓަލީގެ މައުރީޒިއޯ މަރިއާނީ ހަރަކާތްތެރިވާއިރު ރިޒާވް އެސިސްޓަންޓަކީ އިޓަލީގެ ޑަނިއެލޭ ބިންދޯނީއެވެ.

މި ޓީމު އިއުލާނުކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މެސީ ކުޅޭ މެޗުތަކުން ޓީމު މޮޅުވުމާ އެލްފަތާގެ ރެފްރީކަމާ ދެމެދު ޚާއްޞަ ގުޅުމެއް ވާކަމަށް ބުނަމުންނެވެ.

"މެސީ އިންޓަރ މިއާމީއާ ގުޅުނު ފަހުން އެލްފަތާގެ ދަށުން ކުޅުނު ހުރިހާ މެޗެއްގައި 100 އިންސައްތަ މޮޅުވުމުގެ ރެކޯޑް އެ ޓީމު ދަމަހައްޓާފައިވޭ. އަދި ލީގްސް ކަޕް ފައިނަލްވެސް ކާމިޔާބުކޮށްފައިވޭ. ގޭމް ފެށުމުގެ ކުރިންވެސް އިންގްލެންޑަށް ބޭއިންސާފު ވެއްޖެ" "ޓަޗްމައިންއެކްސް" ނަމުގައި ހިންގާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެލްފަތު

މެސީ އިންޓަރ މިއާމީއަށް ބަދަލުވި ފަހުން އެލްފަތު ރެފްރީކުރި ތިން ރެގިއުލާ ސީޒަން މެޗާއި 2023 ވަނަ އަހަރުގެ ލީގްސް ކަޕް ފައިނަލުގައި ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓަރ މިއާމީ ވަނީ ކޮންމެ މެޗެއްގައިވެސް 3 ޕޮއިންޓް ހޯދާފައެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސިމޯން މާރސިނިއެކުގެ އެހީތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވެއެވެ. މި ފަހަރުގެ މުބާރާތުގައި އެލްފަތު ވަނީ ޖަޕާން އާއު ނެދަރލޭންޑްސް، ޔުރުގުއޭ އާއި ސްޕެއިން އަދި ބްރެޒިލް އާއި ނޯވޭ މެޗުތައް ރެފްރީކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.