ލައިފްސްޓައިލް
17 Jul 2026 | 08:24
ކުދި ތަދުތަކަށް ބާރުގަދަ ބޭސް ކެއުން؛ ކިޑްނީ ހަލާކުކޮށްލާ ކަމެއް

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް އާދައިގެ، ކުދި ތަދުތަކަށް ބާރުގަދަ ތަދުކަނޑުވާ ބޭސްކާ މީހުންނެވެ. އެގޮތުން، ބައެއް މީހުންނަކީ، އާދައިގެ ބޮލުގެ ރިހުމާއި، ހުމާއި އަދި ބުރަކށީގައި ރިހޭ ރިހުމަށް ލުއި ހޯދަންވެސް ބާރުގަދަ ތަދުކަނޑުވާ ބޭސް އާދަކޮށް ކައި އުޅޭ މީހުންނެވެ.  

ނަމަވެސް މިފަދައިން އާދަވެގެން ގިނައިން، ބާރުގަދަ ތަދުކަނޑުވާ ބޭސް ކެއުމަކީ އަހަރެމެންގެ ހަށިގަނޑަށް ޚާއްސަކޮށް ކިޑްނީއަށް ވަރަށް ނުރައްކާތެރި ކަމެކެވެ. 

އެކަމަށް އަލިއަޅުވާލައި އައިޖީއެމްއެޗް ހޮސްޕިޓަލުން އާއްމު ކުރި ވީޑިއޯއެއްގައި، އެ ހޮސްޕިޓަލުގެ ރެޖިސްޓާޑް ނަރުސް އާމިނަތު ރައުޝާ ބުނީ، ’ޑައިކްލޮފެނެކް‘ ފަދަ ތަދުކަނޑުވާ ބޭސް އާއްމު ގޮތެއްގައި ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެނީ އެފަދަ ބޭސް ތަކަކީ ގިނައިން ބޭނުން ކުރުމުން ކިޑުނީއަށް ލޭ ދައުރުކުރާ މިންވަރު މަދު ކުރާ ބޭސްތަކެއް ކަމަށެވެ. 

އެހެންކަމުން، ޚާއްސަކޮށް ހަކުރު ބަލި ހުންނަ މީހުންނާއި، ލޭގެ ޕްރެޝަރު މައްޗަށްދާ މީހުން، އަދި ކުރިންވެސް ކިޑްނީ ބައްޔަކަށް ފަރުވާ ކޮށްފައިވާ މީހުން އެފަދަ ބޭސް ބޭނުންކުރާއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. 

”ޑޮކްޓަރެއްގެ ލަފާއާއި ނުލައި، މިފަދަ ބޭސްތައް އާއްމުކޮށް ބޭނުންކުރުމަކީ ކިޑްނީ އެއްކޮށް ހަލާކުވެދާނެ ކަމެއް.“ ރައުޝާ ބުނެފައިވެއެވެ. 

އެހެންކަމުން، ވަގުތީ ތަދުތަކަށް ލުޔެއް ހޯދުމުގެ ތެރެއިން ކިޑްނީ ހަލާކުކޮށްލާ އެފަދަ އާދަތަކުން ދުރުހެލިވުމަށް އޭނާ ނަޞޭޙަތްތެރިވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.