މެސީ އާއި ޔަމަލް (6މަހުގައި) ނަގާފައި ފޮޓޯއެއް- ފޮޓޯ/ޖޯން މޮންފޯޓް
ކުޅިވަރު
17 Jul 2026 | 10:51
މެސީއާއި ޔަމަލްގެ ފޮޓޯތަކުގެ ހަގީގަތް ޔުނިސެފުން ހާމަކޮށްފި

މިމަހު 20 ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާއިރު މި ދުވަސްވަރު މީސްމީޑިއާގައި އެންމެ ބޮޑަށް ވައިގައި ހިފާފައިވަނީ ލިއޮނަލް މެސީ އާއި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމަލްގެ ފޮޓޯތަކެކެވެ.

މި ފޮޓޯ ތަކަކީ އަސްލު ނުވަތަ އޭއައި ފޮޓޯ ތަކެއްތޯވެސް ބައެއް ފަރާތްތަކުން ސުވާލުކުރަމުންދާއިރު، ފޮޓޯ ނެގި ސަބަބާއި ނެގި އިރު އެކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޔުނިސެފުން އިއްޔެ ވަނީ ކިޔައިދީފައެވެ.

މީގެ 18 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯތަކުން ފެންނަނީ އުމުރުން އެންމެ 6 މަހުގެ ލަމީން ޔަމަލް ފެންވަރުވަން، އޭރު އުމުރުން 20 އަހަރުގެ މެސީ އެހީތެރިވާ މަންޒަރެވެ.

މި ފޮޓޯތަކަކީ 2007 ވަނަ އަހަރު ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ޔުނިސެފުން ކަލަންޑަރަކަށް ނެގި ފޮޓޯތަކެކެވެ.

މި ފޮޓޯތައް ނެގި ފޮޓޯގްރާފަރު ޖޯން މޮންފޯޓް ކިޔައިދިން ގޮތުގައި، އޭރު މެސީއަކީ ވަރަށް ލަދުގަންނަ، މަޑުމައިތިރި މިޒާޖެއްގެ ޒުވާނެކެވެ.

"މެސީއަށް އެ ކުޑަކުޑަ ތުއްތު ކުއްޖާއާ ދޭތެރޭ ކަންތައް ކުރާނެ ގޮތެއް އެންމެ ފުރަތަމަ ނޭނގުނު. އެކަމަކު އޭނާއަކީ އަބަދުވެސް ޕްރޮފެޝަނަލް މީހަކަށް ވުމުން، ވަރަށް އަވަހަށް އެ މާހައުލަށް ހޭނި، އެ ތާރީޚީ ފޮޓޯތައް ނެގުނު،" މޮންފޯޓް ބުންޏެވެ.

ޔަމަލްގެ އާއިލާއަށް މި ފުރުސަތު ލިބުނީ ކަޓަލާން ނޫހެއް ކަމަށްވާ 'ސްޕޯޓް' އާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދިޔަ ގުރުއަތަކުންނެވެ. ޔަމަލްގެ މަންމަ ޝީލާޒ މި ފޮޓޯ ސެޝަންގައި ބައިވެރިވިއިރު، މިއީ ފަގީރު އާއިލާއެއް ނަމަވެސް ވަރަށް ހިތްހެޔޮ އާއިލާއެއްކަން ފޮޓޯގްރާފަރު ފާހަގަކުރިއެވެ. މި ފޮޓޯތަކުގެ ހަގީގަތް ގިނަ ބައެއްގެ ސަމާލުކަމަށް އައީ ޔޫރޯ 2024 ގެ ތެރޭގައި ޔަމަލްގެ ބައްޕަ މި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެންނެވެ.

އަދި މިފަހުން ފޮޓޯ މާ ބޮޑަށް ވައިގައި ހިފާފައިމިވަނީ ވޯލްޑްކަޕު ފައިނަލް މެޗުގައި ދެ ކުޅުންތެރިން ނުކުންނާތީއެވެ. 

ޔުނިސެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ފޮޓޯ ތަކަކީ އަސްލު ފޮޓޯތަކެއް ކަމަށާ، މިއަދު މި ދެ ކުޅުންތެރިންނަކީވެސް ދަނޑުމަތީގައި އެތައް މިލިއަން ބަޔަކަށް ނަމޫނާ ދައްކަމުންދާ ދެ ތަރިން ކަމަށެވެ.

އަދި ދަނޑުން ބޭރުގައިވެސް މެސީ އާއި ޔަމަލް އަކީ ޔުނިސެފްގެ ގުޑްވިލް އެމްބަސެޑަރުންގެ ގޮތުގައި ދުނިޔޭގެ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ދެ ފަރާތް ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.

ޔުނިސެފްގެ މައިގަނޑު އަމާޒަކީ ކޮންމެ ކުއްޖަކީވެސް ދުނިޔޭގައި ސަލާމަތުން ހުރެ، ބޮޑުވެ، އެކުދިންގެ ކިބައިގައިވާ ހުނަރުތައް ފުރިހަމައަށް ބޭނުންކުރެވޭނެ ފުރުސަތު އޮތް ކުއްޖަކަށް ހެދުމެވެ.

މިއަދު އުމުރުން 39 އަހަރުގެ މެސީ އާއި 19 އަހަރުގެ ޔަމަލް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރަމުންނެވެ. 

ކޮމެންޓް
ޞައްހަ
ކޮބާ ފަލަސްތީނު ކުދިންގެ ހައްގު. ޔުނިސެފްކޮބާ؟
17 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.