ޗުއްޓީއަށް ބަޔަކު ތޮއްޑޫއަށް އައިސް.. ފޮޓޯ: ވޮއިސް
ހަބަރު
18 Jul 2026 | 13:15
އެޗްޕީއޭއިން އިރުޝާދު ދިނީ ސްކޫލް ޗުއްޓީގައި ސިއްހަތަށް ސަމާލުވެގެން އުޅުމަށް

ސްކޫލް ޗުއްޓީ ހޭދަކުރުމުގައި ދުޅަހެޔޮ ސިއްހަތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އެދެފިއެވެ.

ހިނގަމުން މިދަނީ ދިރާސީ އަހަރުެގ ފުރަތަމަ ޓާމްފެ ސްކޫލްތަކުގެ ދަރިވަރުންގެ ޗުއްޓީ ދުވަސްވަރެވެ. އެޗްޕީއޭއިން ވަނީ، އާއިލާއާއެކު އުފާވެރި ޗުއްޓީއެއް ހޭދަކުރުމުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނޭ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ލޮނު، ހަކުރު އަދި ޓްރާންސްފެޓް ގިަނ ކާނާ އާއި ބުއިންތަކާ ދުރުހެލިވުމާއި، ދުންފަތާއި ދުމުން ރައްކާތެރިވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ހެލިފެލިވެ ހަރަކާތްތެރިވުމާއި، މިންހެޔޮ ކާނާ ކެއުމާއި، ބަރުދަން ހުްނނަންޖެހޭ މިންވަރުގައި ހިފެހެއްޓުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީއަށް ދަރިވަރުން ގޮސްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. މިދުވަސްވަރު މޫސުން ރަނަގޅުކަމުން ގިނަ ބަޔަކު މާލެއިން ބޭރަށް ކުދިންގޮވައިގެން ގޮސްފައިވާއިރު، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް މި ބަންދުގައި ލިބޭނެއެވެ. އެހެންކަމުން ދަރިވަރުންގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓްމަހުގެ ދެވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.