އިންގްލޭންޑް ޓީމް.. ފޮޓޯ؛ ސްކައިސްޕޯޓްސް
ކުޅިވަރު
19 Jul 2026 | 08:00
ފްރާންސް ބަލިކުރުމަށްފަހު ވަރލްޑްކަޕްގެ ތިންވަނަ ޓީމަކަށް އިންގްލޭންޑް

ފްރާންސް ބަލިކޮށް މިފަހަރުގެ ވަރލްޑްކަޕްގެ ތިންވަނަ ތީމްގެ މަގާމް އިންގްލޭންޑް ހޯދައިފިއެވެ.

ވަރލްޑްކަޕް ތިންވަނަ އިންގްލޭންޑުން ކާމިޔާބުކުރީ ފްރާންސާ ދެކޮޅަށް ކުޅުނުމެޗް 4-6 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ފެނިގެްނދިޔައީ އާސެނަލަށް ކުޅެމުން އަންނަ ސަކާގެ ފަރާތުންނެވެ. އޭނާ ވަނީ މިމެޗްގައި ހެޓްރިކް ހަދައި ލަނޑުޖަހަން ފުރުސަތުތައް ތަނަވަސްކޮށްދީފައެވެ.

އެމެރިކާގެ މަޔާމީގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް އިންގްލޭންޑެވެ. އެއީ މެޗްގެ ތިންވަނަ މިނެޓް ތެރޭގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފްގައި ކޮންސާ، ސާކާ ، ޖަހައިދިން ލަނޑުތަކާއެކު އިނގިރޭސިން މި ހާފް ނިންމާލީ 4 ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް 66 މިނެޓާ ހިސާބަށް ދިޔައިރު ތިންލަނޑު ޖަހައި މެޗް އެއްވަރުކުރުމުގެ އުއްމީދު އާކޮށްފައެވެ. މީގެ ތެރެއިން ދެ ލަނޑު އެމްބާޕޭ ޖަހައިދިންއިރު އަނެއް ލަނޑުޖެހީ ބާކޯލާއެވެ. ފްރާންސުން މެޗް އެއްވަރުކުރުމާ ގާތަށް ގޮސްފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ސާކާ ވަނީ 87 ވަނަ މިނެޓް ތެރޭގައި އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 5-3 ކަށް ބަދަލުކޮށްފައެވެ. ސާކާގެ ލަނޑަށްފަހު ޑެމްބަލޭ ލަނޑެއްޖަހާފައިވަނިކޮށް ބެލިންހަމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 4-6 ކަށް ބަދަލުކޮށްފައެވެ.

މިމެޗްގައި ފްރާންސަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތައް ލިބިގެންދިޔައިރު، މީގެ ތެރޭގައި އޮލީސޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި މެޗަކީ 1966 ވަނަ އަހަރުގެ ފަހުން އިންގްލޭންޑުން ވަރލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.