އެމްބާޕޭ.. ފޮޓޯ: ފީފާ
ކުޅިވަރު
19 Jul 2026 | 09:06
ވަރލްޑްކަޕްގައި އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ފީފާ ވަރލްޑްކަޕް ތާރީހުގައި މިހާތަނަށް އެންމެ ގިަނ ލަނޑުޖެހި ކުޅުންތެރިޔަކަށް ފްރާންސްގެ އެމްބާޕޭ ވެއްޖެއެވެ. 

މީގެ ކުރިން ވަރލްޑްކަޕްގައި އެންމެގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ 21 ގޯލާއެކު އާޖެންޓީނާގެ ލިއޮނެލް މެސީގެ އަތުގައެވެ. ވަރލްޑްކަޕްގައި މިހާތަނަށް އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް އެމްބާޕޭ ހޯދާފައިވަނީ ރޭ އިންގްލޭންޑާ ދެކޮޅަށް ކުޅުނު މެޗްގައި ޖެހި ދެ ލަނޑާއެކުގައެވެ. މިހާތަނަށް ވަރލްޑްކަޕްގެ ތިން މުބާރާތެއްގައި ކުޅުނު 22 މެޗްގައި އެމްބާޕޭ ވަނީ ޖުމްލަ 22 ލަނޑު ޖަހާފައެވެ.

އެމްބާޕޭގެ އެންމެ ފުރަތަމަ ވަރލްޑްކަޕަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވަރލްޑްކަޕް މުބާރާތެވެ. އެފަހަރުގެ މުބާރާތުގައި އެމްބާޕޭ ވަނީ 4 ލަނޑު ޖަހާފައެވެ. އެއަށްފަހު، 2022 ވަނަ އަހަރު ޤަތަރުގައި ބެއްވި މުބާރާތުގައި އޭނާ ވަނީ 8 ގޯލް ޖަހާފައެވެ.

ވަރލްޑްކަޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް އެމްބާޕޭ ހޯދިއިރު، މިފަހަރުގެ މުބާރާތުގެވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށްދޭ އެޑިޑާސް ގޯލްޑަން ބޫޓުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީވެސް އެމްބާޕޭއެވެ. މިފަހަރުގެ ވަރލްޑްކަޕްގައި އެމްބާޕޭ ވަނީ 10 ލަނޑު ކާމިޔާބުކޮށް 4 އެސިސްޓް ހަދާފައެވެ.

އެމްބާޕޭގެ ފަހަތުން ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މެސީއެވެ. މިފަހަރުގެ މުބާރާތުގައި މެސީ ޖެހި ލަނޑުގެ އަދަދު އުޅެނީ 8 ގައެވެ. މެސީއަށް އެމްބާޕޭ ހަދާފައިވާ ރެކޯޑްތައް މުގުރާލުމުގެ ފުރުސަތު އަދި އެބައޮތެވެ. ވަރލްޑްކަޕް ފައިނަލްމެޗްގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗްގައި މެސީ ތިން ލަނޑު ޖަހައިފިނަމަ ރަންބޫޓުގެ އިތުރުން ވަރލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް މެސީއަށް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.