އެމްބާޕޭ އާއި ކޯޗު
ކުޅިވަރު
19 Jul 2026 | 09:18
ފްރާންސްގެ ކޯޗުކަމުން ވަކިވި ޑިޝޯމްޕްއަށް އެމްބާޕޭގެ އަސަރުގަދަ ވަދާއީ މެސެޖެއް

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި 14 އަހަރު ހޭދަކުރުމަށްފަހު، ދިދިއޭ ޑިޝޯމްޕް މަގާމުން ވަކިވުމާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ އޭނާއަށް ވަރަށް އަސަރުގަދަ ވަދާއީ މެސެޖެއް ފޮނުވައިފިއެވެ.

ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުން 6-4 އިން ފްރާންސް ބަލިވި މެޗަކީ، ވޭތުވެދިޔަ 14 އަހަރު އެ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ޑެޝޯމްޕްގެ ފަހު މެޗެވެ.

މިކަމާ ގުޅިގެން އެމްބާޕޭގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ކޯޗާއެކު "ޓީމުގެ ފަހު ނެށުން" ކަމަށާއި، ކޯޗުގެ ފަރާތުން ޓީމަށް ގިނަގުނަ ޚިދުމަތްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކޯޗަށް މިއަށްވުރެ ރަނގަޅު ވަދާއެއް ދެވުނުނަމަ އޭނާ އުފާވީސް ކަމަށާއި، ނަމަވެސް އެކަމުގައި ޓީމު ނާކާމިޔާބުވެފައިވާކަން އެމްބާޕޭ ފާހަގަކުރިއެވެ.

"ވޭތުވެދިޔަ 14 އަހަރު ތެރޭގައި ކޯޗު މި ޓީމަށް ގެނެސްދިން ކުރިއެރުން ދުލުން ބަޔާންކުރަން ދަތި. ބައެއް މީހުންނަށް ކޯޗުގެ މޮޅުކަން ވަޒަންކުރަން ނޭނގުނަސް، ވަގުތާއި ތާރީޚު އެކަން ސާބިތުކޮށްދޭނެ،" އެމްބާޕޭ ލިޔެފައިވެއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު މައިދާނުގައި ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ދިނުމުން އެމްބާޕޭ ވަނީ ކޯޗަށް ޝުކުރު އަދާކޮށްފައެވެ. އަދި ގައުމުގެ އެންމެ ބޮޑު އެއް ލެޖެންޑާއެކު މަސައްކަތް ކުރަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ކޯޗާއެކު ހޭދަކުރި ދުވަސްތަކަކީ އުފާވެރި ހަނދާންތަކެއް ކަމަށްވެސް އޭނާ ބުންޏެވެ.

ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 2016 ގެ ޔޫރޯ ފައިނަލަށާއި 2022 ގެ ވޯލްޑް ކަޕް ފައިނަލަށް ޓީމު ގެންގޮސްދީފައެވެ.

ފަހު މެޗަށްފަހު ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުން ބަލައިނުގަނެވޭނެ ކަމަށާއި، އެއީ އޭނާގެ ފަރުވާކުޑަކަމުން ވީ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 14 އަހަރަކީ ރީތި ދަތުރެއް ކަމަށް އޭނާ ސިފަކުރިއެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ ޑެޝޯމްޕްގެ ޚިދުމަތުގެ އަގުވަޒަންކޮށް، އޭނާއަކީ ފްރާންސްގެ ނޫ ޖާރޒީއަށް އިންތިހާއަށް ލޯބިކުރި، ގައުމީ ޓީމުގެ އިތުބާރު ދުނިޔޭގެ ފެންވަރުގައި އަލުން އިއާދަކޮށްދިން ކޯޗެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.