ސްކަލޯނީ ޕްރެސްގައި..
ކުޅިވަރު
20 Jul 2026 | 11:39
ދެން އޮތީ ޓީމެއް ބިނާކުރުން، އެކަމް އެއީ މިހާލަތުގައި ފަސޭހަކަމެއްވެސް ނޫން: ސްކަލޯނީ

ކުރިއަށް ދެން އޮތީ އާޖެންޓީނާގެ ފުޓްބޯޅަޓީމް ބިނާކުރުމުގެ މަސައްކަތް ކަމަށާއި އެކަމް މިހާލަތުގައި އެއީ ކުރަން ފަސޭހަވެސް ކަމެއް ނޫންކަމަށް އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ވަނީ، ވަރލްޑްކަޕް ފައިނަލް މެޗްގެ އިތުރުން ޓީމްގެ ކުރިމަގާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ވާހަކަދައްކާފައެވެ. ނަމަވެސް މާ ގިނަ ވާހަކަތައް ނުދެއްކެނީސް ރޮވެން ފެށުމުން އޭނާ ވަނީ, ޕްރެސްކޮންފަރެންސް ދޫކޮށް ގޮސްފައެވެ. ސްކޮލާނީ ޕްރެސް ދޫކޮށް ދާން ފެށުމުން ނޫސްވެރިންވަނީ އޭނާއަށް އިހްތިރާމްކުރުމުގެ ގޮތުން ތަރުހީބުގެ އަތްތިލަބަޑި ޖަހާފައެވެ.

ނޫސްވެރިްނގެ ބައްދަލުވުމުގައި ސްކޮލާނީ ބުނީ، ނަފްސާނީ އަދި ޖިސްމާނީގޮތުންވެސް ވަރަށްބޮޑަށް ވަރުބަލިވެއްޖެ ކަމަށާއި، ކުރިމަގާމެދު ވިސްނަން އަދި ވަގުތު ބޭނުންވާކަމަށެވެ. މިހާރު އޮތް ފެންވަރުގެ ޓީމެއް ބިނާކުރަން ޖެހޭއިރު އަދި އެއީ މިވަގުތަށް އުނދަގޫ ކަމެއްކަންވެސް ސްކޮލާނީ ވަނީ ފާަހަގަކޮށްފައެވެ. ސްޕެއިނާ ބެހޭ ގޮތުން ކޯޗް ބުނީ ސްޕެއިން މާމޮޅުކަމަށާއި، އާޖެންޓީނާގެ ޓީމް މިހާހިސާބަށް އައުމަށްކުރި މަސައްކަތް އޭނާ އަބަދުވެސް ފާހަގަކުރާނޭކަމަށެވެ. އާޖެންޓީނާގެ ޓީމާއެކު ސްކޮލާނީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޑިސެމްބަރުމަހަށެވެ. 

ސްކޮލާނީ އަކީ އޭނާގެ މިޒާޖާއި ހަރުދަނާ ސިފަތަކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދި ކޯޗެކެވެ. ކޯޗިންގ ދާއިރާގައި ތަޖުރިބާ މަދުވުމުގެ ސަބަބުން، މަގާމާ ހަވާލުވި ދުވަސްވަރު ފުޓްބޯޅައިގެ މާހިރުންގެ ފަރާތުން ފާޑުިޔުންތައް އަމާޒުވިނަމަވެސް އޭނާ ވަނީ އާޖެންޓީނާގެ ޓީމަށް ތާރީހީ ކާމިޔާބުތަކެއް ހޯދައިދީފައެވެ. މީގެ ތެރެއިން އެންމެ ފާަހގަކޮށްލެވެނީ 2022 ވަނަ އަހަރގެ ވަރލްޑްކަޕެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.