މެޗުން ބަލިވުމުން އާޖެންޓީނާ ކުޅުންތެރިން ހަމަނުޖެހުން ހިންގަނީ- ފޮޓޯ/އޭޕީ
ކުޅިވަރު
21 Jul 2026 | 08:22
ވޯލްޑް ކަޕް ފައިނަލް މެޗުން ބަލިވުމުން އާޖެންޓީނާ ކުޅުންތެރިން ތަޅާފޮޅި މައްސަލަ ފީފާއިން ބަލަނީ

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވުމަށްފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ދެއްކި ނޭދެވޭ އަމަލުތައް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ތަހުގީގު ކުރަން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ މެޗު ނިމުނު ކަށިގަނޑު ފުމެލުމާއެކު، ސްޕެއިންގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި ކުޅުންތެރިން ކާމިޔާބީ ފާހަގަކުރުމަށް ދަނޑުމައްޗަށް އެރި ވަގުތުގައެވެ. ބަލިވުމުގެ މާޔޫސްކަމުގައި ތިބި އާޖެންޓީނާގެ ކުޅުންތެރިން ސްޕެއިންގެ ކުޅުންތެރިންނާ ކުރިމަތިލައި، ކޮށްޕުމާއި މާރާމާރީ ހިންގައި ބޮޑު ހަމަނުޖެހުމަކަށް މިކަން ވަނީ ބަދަލުވެފައެވެ.

މި ހަމަނުޖެހުންތަކުގެ މެދުގައި އެންމެ އިސްކޮށް އުޅުނީ އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންދްރޯ އެވެ. އޭނާ ވަނީ ސްޕެއިންގެ ޑިފެންޑަރު އެރިކް ގާސިއާގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލާފައެވެ. އަދި އޭގެ ފަހުން ސްޕެއިންގެ މިޑްފީލްޑަރު ގާވީއާ ކުރިމަތިލައި، އޭނާގެ މޫނުގައި އަތުން ޖަހައި ކޮށްޕާލާފައިވެއެވެ. މި އަމަލުތަކާ ގުޅިގެން މެޗު ނިމުނު ފަހުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މީގެ އިތުރުން، އާޖެންޓީނާގެ ޑިފެންޑަރު ނަހުއަލް މޮލީނާ ވަނީ ސްޕެއިންގެ ކެޕްޓަން ރޮޑްރީއާ ކުރިމަތިލައި ބަލިވުމުގެ ރުޅީގައި އޭނާއަށްވެސް ހަމަލާދީފައެވެ. އަދި ޓީމުގެ އެހީތެރިކަމަށް އައި އެރިކް ގާސިއާގެ ކަރުގައި ޕަރެޑޭސް ވަނީ އަނެއްކާވެސް ޖަހާފައެވެ. މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތްކުރި ގާވީ، އާޖެންޓީނާގެ ތިއާގޯ އަލްމާޑާ ބިންމައްޗަށް ވައްޓާލުމުން، ޕަރެޑޭސް ވަނީ އަނެއްކާވެސް އޭނާގެ މޫނުގައި ޖަހާފައެވެ.

މި މައްސަލައިގައި އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާގެ އަމަލުތައްވެސް ފީފާއިން ބަލާނެއެވެ. އޭނާ އެރިކް ގާސިއާގެ ކަރުގައި ހިފަހައްޓައި، ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯގެ ގައިގައި ޖެހި މަންޒަރު ވަނީ ފެނިފައެވެ. މީގެ އިތުރުން ނިކޮލަސް އޮޓަމެންޑީ ވަނީ، މެޗުގެ ކުރިން ރޮޑްރީ ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާއާ ކުރިމަތިލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.