އާޖެންޓީނާގެ ސްޕޯޓަރުން ހަމަނުޖެހުން ހިންގަނީ-
ކުޅިވަރު
21 Jul 2026 | 08:46
ވޯލްޑް ކަޕް ފައިނަލުން ބަލިވުމުން އާޖެންޓީނާގެ ސަޕޯޓަރުން ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައިފި

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުންނެއް އާދީއްތަ ދުވަހުގެ ރޭ ބިއުނަސް އައިރެސްގެ މަގުތަކަށް ނުކުމެ ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.

މެޗަށްފަހު ގައުމީ ޓީމަށް ސަޕޯޓުކުރުމަށްޓަކައި އެ ގައުމުގެ މަޝްހޫރު އޮބެލިސްކް ބިނާ ކައިރިއަށް އެއްވި އެތައް ހާސް ބައެއްގެ މެދުގައި ފުރަތަމަ މާރާމާރީތައް ހިނގަން ފެށިއެވެ. އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހާލަތު ގޯސްވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާ ދެކޮޅަށް ސަޕޯޓަރުން ވަނީ ގަލާއި ހުސް ފުޅި އުކާފައެވެ.

މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ރަބަރު ވަޒަނާއި، ކަރުނަގޭސް އަދި ފެންބަޑި ބޭނުންކޮށްފައެވެ. މި ކުރިމަތިލުންތަކުގައި މަދުވެގެން 15 މީހަކު ހައްޔަރުކޮށްފައިވާއިރު، އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާޖެންޓީނާގެ ނޫސްތަކުން މައުލޫމާތުދޭ ގޮތުގައި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ ހަތް އޮފިސަރަކަށް ވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހާދިސާ ހިނގަން ފެށީ އެރޭ މެޗު ނިމެން ގާތްވެފައިވަނިކޮށް، ބައެއް މީހުން އޮބެލިސްކް ބިނާ ވަށައިގެން ޖަހާފައިވާ ފެންސް މަތިން އެރި ހިސާބުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުންގެ އޮފިސަރަކު ވަނީ ސަޕޯޓަރެއްގެ ބޮލުގައި ފައިން ޖަހާފައެވެ. އަދި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވެރިރަށުގެ މައި މަގުތައް ބަންދުކޮށްފައެވެ.

މެޗަށްފަހު އާޖެންޓީނާގެ ބައެއް ކުޅުންތެރިންގެ ފަރާތުން ވެސް ނޭދެވޭ އަމަލުތަކެއް ފެނިގެންދިޔައެވެ. 1-0 އިން ސްޕެއިން އަތުން ބަލިވުމަށްފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވަނީ ސްޕެއިންގެ ކުޅުންތެރިންގެ ގައިގައި ތަޅައި، ކޮއްޕައި ހަދާފައެވެ.

މީގެ އިތުރުން، މެޗުން މޮޅުވުމުގެ އުފާ ފާޅުކުރަމުންދިޔަ ސްޕެއިންގައި ވެސް ވަނީ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. ސިއުޑަޑް ރޮޑްރިގޯ ސިޓީގައި ހުރި އާސާރީ އިމާރާތެއްގެ ބައެއް ވެއްޓި، 13 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެ، އިތުރު ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން އެ ސިޓީގެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕް ކާމިޔާބީގެ އުފާފާޅުކުރުން ބޮޑު ހިތާމައަކަށް ބަދަލުވެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.