ކުއްޖަކު ފޯނު ބޭނުން ކުރަނީ- ފޮޓޯ/ އިންޓަނެޓް
ދުނިޔެ
23 Jul 2026 | 09:14
ފަރަންސޭސިވިލާތުގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފި

ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.

މި ގާނޫނު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް އަލަށް އެކައުންޓް ހުޅުވުން މަނާވާނެއެވެ. އަދި ޖެނުއަރީ 2027 އިން ފެށިގެން، ކުރިން ހުޅުވާފައިވާ އެކައުންޓްތައް ހިމެނޭހެން، ފަރަންސޭސިވިލާތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ ހުރިހާ ފަރާތްތަކަކީ 15 އަހަރުން މަތީގެ މީހުންކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.

ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. މިއީ އޭނާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ މުހިންމު ބަދަލެކެވެ. މި ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރުކުރުމަށްޓަކައި ފަރަންސޭސި ޕްރައިވެސީ ރެގިއުލޭޓަރުން ގަބޫލުކުރާ ވަސީލަތްތައް ބޭނުންކުރަން ޖެހޭނެއެވެ.

ނަމަވެސް، މި ގާނޫނާ މެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އަމިއްލަ މިނިވަންކަމާއި ލ، އުމުރު ކަށަވަރުކުރާ ވަސީލަތްތަކުގެ އިތުބާރު ހުރި މިންވަރާ މެދު ސުވާލު އުފެދިފައިވެއެވެ.

ފަރަންސޭސި ޑިޖިޓަލް މިނިސްޓަރު އޭން ލެ ހެނާންފް ވިދާޅުވީ، އުމުރު ކަށަވަރުކުރާނެ ވަސީލަތްތައް މިހާރުވެސް އެބަހުރި ކަމަށާއި، މި ފިޔަވަޅަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އަވަސްކުރަން ޖެހޭ ކަމެއް ކަމަށެވެ.

ދުނިޔޭގައި މިފަދަ ބޭނުމެއްގައި ސޯޝަލް މީޑިއާ މަނާކުރި ދެވަނަ ގައުމަކީ ފަރަންސޭސިވިލާތެވެ. މީގެ ކުރިން އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައެވެ. ނަމަވެސް އޮސްޓްރޭލިއާގެ ތަޖުރިބާ ދައްކާގޮތުން، ގިނަ ކުދިން އަދިވެސް އެކި ގޮތްގޮތުން ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. ވެސްޓަން އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ތާމާ ލީވާ ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން ހޯދުމަކީ މުހިންމު ކަމެކެވެ.

ފަރަންސޭސިވިލާތުގެ މި ފިޔަވަޅާ އެކު، އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ އެހެން ގައުމުތަކުން ވެސް ދަނީ ކުދިންގެ ރައްކާތެރިކަމަށްޓަކައި މިފަދަ ގާނޫނުތައް ފާސްކުރުމަށް ތައްޔާރުވަމުންނެވެ. އިނގިރޭސިވިލާތުން ވެސް 2027 ވަނަ އަހަރުން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.