ޕާސްޕޯޓްގެ ހިދުމަތްދޭ ޒަމާނީ އޮފީހެއް ހުޅުވުން.. ފޮޓޯ: އިމިގްރޭޝަން
ހަބަރު
23 Jul 2026 | 23:23
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް

މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓްގެ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް ޒަމާނީ އައު ބަދަލުތަކެއް ގެނެސްފިއެވެ.

އިމިގްރެޝަނުގައި ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ އިދާރާއިން ވަނީ، ވޯލްކް އޮފް ލެގަސީ މައުރަޒު ހުޅުވައި، އަލަށް ގެނައި ބަދަލުތައް ހާމަކޮށްފައެވެ. އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމާއި އޮންލައިންކޮށް ފޮޓޯ އެޕްލިކޭޝަން ފުރިހަމަ ކުރެވޭ ގޮތް ހެދުމާއި ކަމާ ގުޅޭ ޢާންމު މަޢުލޫމާތު ފެތުރުމަށް "އިންފޮމޭޝަން ކައުންޓަރެއް" ޤާއިމުކުރުން ހިމެނެއެވެ.

ޕާސްޕޯޓްގެ ހިދުމަތްދޭ ޒަމާނީ އޮފީހާއި މައުރަޒް ހުޅުވުމުގެ ތެރެއިން.. ފޮޓޯ: އިމިގްރޭޝަން

މީގެ އިތުރުން ޚިދުމަތް އެދި އިސްކެންދަރު ކޮށީގައި ދިގު ކިޔޫގައި ތިބެން ޖެހުމުގެ ބަދަލުގައި އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް (ރޓ) އަޙުމަދު ފަޞީޙު ވިދާޅުވީ މިއީ ޕާސްޕޯޓު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދިވެހި ޕާސްޕޯޓު ޚިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ މުހިންމު އެއް ޚިދުމަތް. މިއަދު ރާއްޖޭގެ ހުރިހާ ތަންކޮޅެއްގައި މި ޚިދުމަތް ލިބެން ފެށީ އިހުރީގެ އަޅުގަނޑުމެންގެ އާމާޒަކީ މި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ތަކުލީފެއް ނެތި ފަސޭހަކަމާއެކު ޕާސްޕޯޓު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން

އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް

އިމިގްރޭޝަނުން މިރޭ ހުޅުވި  ވޯލްކް އޮފް ލެގަސީ މައުރަޒު ފަރުމާކޮށްފައިވަނީ، އެ އިދާރާގެ މަސައްކަތްތައް ބަދަލުވަމުން އައިގޮސް ފެންނާނޭ ގޮތަށެވެ. އެގޮތުން އެންމެކުރީގައި އެ އިދާރާއިން ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރި ތަކެއްޗާއި އަދި އެކި ދުވަސްވަރުގެ މަތިން ކޮށްފައިވާ މުހިންމު މަސައްކަތްތައް ތާރީހު އެނގޭނޭހެން ފެންނަން ހުންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
އީޕާސްޕޯޓު
މިއަދު އަހާލީމަވެސް ބުނީ އިލެކްޓްރޯނިކް ޕާސްޕޯޓް ސެޕްޓެމްބަރުގެ ކުރިން ނެތޭ ލިބޭކަށް. ކުރަން ޖެހޭ ކަންކަން ނުވާއިރު، ދެން ކޮން ކަމެއް ރަނގަޅުކުރާން މިއުޅެނީ
29 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި