އެސްޖޭއިން އިމާރާތްކުރަމުންދާ މިސްކިތް... ފޮޓޯ: ވޮއިސް
ރިޕޯޓް
25 Jul 2026 | 11:57
ހުޅުމާލޭ ފޭސް ދޭކުން ދެން އެންމެ އަވަހަށް ނިމޭނީ ކޮން މިސްކިތެއް؟

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރެވެމުންދާ މިސްކިތްތައް ނުނިމި ދިގުލައިގެންދާ މައްސަލައަކީ މިހާރު އެ ސަހަރުގައި އުޅެމުންދާ ގިނަ މީހުންގެ އެންމެބޮޑު ޝަކުވާއެވެ. ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުންދާ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، ސަރުކާރުން ވަނީ މިސްކިތްތަކެއް އިމާރާތްކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. 

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މިސްކިތްތައް މިއަހަރަކުގެ ތެރޭގައި ނިމޭނޭކަމުގެ އިޝާރާތެއް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ދެއްވާފައެވެ. ނޫސްވެރިންގެ ވަޓްސްއަޕް ގްރޫޕްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ މި ހުޅުމާލޭގައި އިމާރާތް ކުރެވެމުންދާ ދާއިމީ މިސްކިތްތައް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވެމުންދާ ދާއިމީ މިސްކިތްތަކަށް ބަލާއިރު، ހިޔާ ޝަހަރާއި، ވިނަރެސް ސަރަަހައްދުގެ އިތުރުންވެސް މީހުން އަލަށް އާބާދުވި ޓަވަރުތައް ކައިރިވެސް މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މީގެތެރެއިން އެންމެ އަވަހަށް ހުޅުވާނޭ މިސްކިތެއްގެ ގޮތުގައި އާއްމުން ފާހަގަކުރާ މިސްކިތަކީ ވިނަރެސް ޓަވަރު 8 ކުރިމަތީ ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދާ މިސްކިތެވެ. މި މިސްކިތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތެވެ. މިސްކިތުގެ ގުއްބާއި ބޭރުގައި ލާންޖެހޭ ކުލަ ލައި ނިންމައި ނަންބޯޑުވެސް މިހާރު ވަނީ ހަރުކޮށް ނިންމާފައެވެ.

ބެޗް ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުންދާ މިސްކިތް.. ފޮޓޯ: ވޮއިސް

ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދާ މި މިސްކިތަކީ 1095 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެންމެކުރިން މި މިސްކިތް ހުޅުވަން ނިންމަން ތާވަލްކޮށްފައި އޮތީ މިއަހަރުގެ މާޗްމަހުއެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތަކަށް ބަލާއިރު، ނުނިމި ދިގުލައިގެންދިޔަ މިސްކިތަކީ ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން އިމާރާތްކުރަމުން އަންނަ މިސްކިތެވެ. ހުޅުމާލޭ ފޭސް ދޭއްގައި އެސްޖޭއިން ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. ނަމަވެސް މި މިސްކިތް ނުނިމި ދިގުލައިގެންދިޔަތާ މިހާރު މިހިނގަނީ ހަތަރުވަނަ އަހަރެވެ.

އެސްޖޭ މިސްކިތް މިއަހަރަށް ނިމޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ހިސާބުޖެހިނަމަވެސް، މީގެ ކުރިން 2024 ވަނަ އަހަރުގެ ޑިސެމްބަރަށްވެސް އެ މިސްކިތް ނިމޭނޭކަމަށް ބުންޏެވެ. އެސްޖޭ މިސްކިތް ނިންމަން ބުނިތާ އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެ މިސްކިތުގެ މަސައްކަތް މާބޮޑަށް ކުރިއަށްދާތީއެއް ނުފެނެއެވެ. އެގޮތުން މިހާރުވެސް މިސްކިތް ފެންނަން ހުރީ 2024 ވަނަ އަހަރު ޑިސެމްބަރުމަހު މަސައްކަތް ކުރިއަށް ގޮސްފައިހުރި ހިސާބަށްކަމަށް ފެންނަ ފެނުމަށް ފާހަގަކުރެވެއެވެ.

އެސްޖޭ މިސްކިތް 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުފަހުކޮޅު މަސައްކަތް ގޮސްފައިހުރި ހިސާބު

އެސްޖޭ މިސްކިތް އޭގެ ފަހުން ބޭރުގައި ސިމެންތި ޖަހައި ބައެއްގައި ސީލަރު ލާފައިވާއިރު، މިއަހަރަށް ނިމޭވަރަށް އެ މިސްކިތުގެ މަސައްކަތް ނިމިފައިނުވާކަމަށް އެ ހިސާބުގައި ދިރިއުޅެމުންދާ މީހުންވެސް ފާހަގަކުރެއެވެ. 

އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ހުރި ހިސާބު... ފޮޓޯ: ވޮއިސް

ކުރިން އެ މިސްކިތުގެ މަސައްކަތް ލަސްވަމުންދާ މައްސަލާގައި އިސްލާމިކް މިނިސްޓްރީން 2023 ވަނަ އަހަރުގެ މާޗްމަހު ބުނެފައިވަނީ، މަސައްކަތް މަޑުޖެހުނީ ފައުންޑޭޝަން އެޅިފަހުން ބެންޗްމާކްތަކުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.

އެސްޖޭއިން އިމާރާތްކުރަމުންދާ މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭއިރު، މިސްކިތުގެ ބޭރާއެކު އެއްފަހަރާ 3،000 މީހުންނަށް ނަމާދުކުރެވޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. މި މިސްކިތަކީ ތަފާތު ގޮތަކަށް އިމާރާތްކުރަމުންދާ މިސްކިތެކެވެ.

ކޮމެންޓް
މުޚްތާރު
2028 ގެ ވޯޓަށް ތިކަންވެސް ނިންމާނަން
25 Jul 2026
މުހައްމަދު
ތަފާތު ގޮތްގޮތަށް އިމާރާތްކުރާތީ ނުނިމި ދިގުލައިގެން ދަނީ. އާދައިގެ ގޮތަކަށް ދެބިތަށް ދެފުރާޅުލާފައި ހިޔާކޮށް ނިންމާލަބަލަ
25 Jul 2026
ގުޅޭ ލިޔުންތައް
15 Aug 2026
ނާފިއުގެ އާއިލާއާ ބައްދަލުކޮށް ހިތްވަރު ދީފި, ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
14 Aug 2026
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން، މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލާ ނިމޭނެ
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
14 Aug 2026
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.
14 Aug 2026
ތިލަމާލެ ބްރިޖު މަޝްރޫއުއަކީ މި ސަރުކާރުގައި ސުމަކުން ފެށި މަޝްރޫއުއެކޭ ބުނެވިދާނެ: ރައީސް
ރައީސް ވިދާޅުވީ މަޝްރޫއު ފެށުމަށް ފަހު ކުރީ ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބުނު ނަމަވެސް މަސައްކަތް ދިޔައީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ.
14 Aug 2026
ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ދަތުރުތަކެކެވެ.
14 Aug 2026
ތިނަދޫ އެއާޕޯޓް މަޝްރޫއުއަކީ އެންމެ މުހިންމު ވައުދު، ވަރަށް އަވަހަށް ފެށޭނެ: ރައީސް
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ," ރައީސް ވިދާޅުވި އެވެ.
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.