ރޮޑްރީ ވަރލްޑްކަޕް ތައްޓާއެކު.. ފޮޓޯ؛ ސްކައި
ކުޅިވަރު
25 Jul 2026 | 13:23
ރިއަލް މެޑްރިޑުން އެންމެފަހުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފި

ސްޕެއިންގެ ރިއަލް މެޑްރިޑުން ސްޕެއިންގެ ކެޕްޓަން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފިކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި މިވަގުތު ހުރި ރޮޑްރީ ހޯދުމުގެ މަސައްކަތް ރިއަލް މެޑްރިޑުން ފަށާފައިވާކަމަށާއި، އޭނާއާއެކު އެއްބަސްވުމަކާ ހަމަޔަށް އައުމުގެ ފުރުސަތު ބޮޑުކަމަށެވެ. ރިއަލް މެޑްރިޑުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފެށީ އިތުބާރު އޮތުމުންކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ނިމިގެންދިޔަ ވަރލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ ބަލިކޮށް، ސްޕެއިން ތަށި އުފުލާލިއިރު އެ ޓީމުގެ ކެޕްޓަނަކީ ރޮޑްރީއެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ރަން ބޯޅަ (ގޯލްޑަން ބޯލް) ވެސް ކާމިޔާބުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރުވުމަށްޓަކައި އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ސިޓީން ވަރަށް ބޮޑަށް ބޭނުންވެއެވެ.

ސިޓީގެ އާ ކޯޗު އެންޒޯ މަރެސްކާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ބޮޑެތި ކުޅުންތެރިންނާ ގުޅޭގޮތުން އަބަދުވެސް ތަފާތު ވާހަކަތައް މީޑިއާއިން ދައްކާނޭކަމަށެވެ.  އެއީ އާދައިގެ ކަމެއް ކަމަށްވާތީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ކޯޗް ބުންޏެވެ. އެންޒޯ ބުނީ ރޮޑްރީ މިވަގުތު ހުރީ ޗުއްޓީގައި ކަމަށާއި ވަރަށް އަވަހަށް އޭނާ ޓީމާ ގުލޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.