ކުޅުދުއްފުށީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފެށުން- ފޮޓޯ/ ޕޯސްޓް އޮފީސް
ހަބަރު
26 Jul 2026 | 14:47
ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް 26 ޖުލައި 2026 ގައި ފަށައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ މި ބަދަލާ އެކު ޕޯސްޓުގެ ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދާނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއިން ކަމަށެވެ. އެ ތަނަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހަނދާނީ ބިނާ ކައިރީގައި ހުންނަ އިމާރާތެއް ކަމަށް ވެސް ޕޯސްޓް އޮފީހުން ބުނެފައިވެއެވެ.

ޕިކްޕޯސްޓް ޚިދުމަތުގެ ދަށުން ޕާރުސަލް ނެގުމަށް ކިއުގައި މަޑުކުރާކަށް ނުޖެހޭނެއެވެ. ޕޯސްޓް އޮފީހުން ބުނީ ޕާރުސަލް ލިބޭކަން އެންގުމަށް ފޮނުވާ މެސެޖުގައި ހިމެނޭ ވަގުތުގެ ތެރޭގައި ޚިދުމަތް ހޯދާ ފަރާތަށް ފަސޭހަ ކޮންމެ ވަގުތެއްގައި ވެސް އައިސް ޕާރުސަލް ބަލައިގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކަށާއި ސިޓީތަކަށް ޕާރުސަލް ފޮނުވުމުގެ ޚިދުމަތާއި ރާއްޖެއިން ބޭރަށް ޕޯސްޓް ކުރުމުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް އެ އޮފީހުން ލިބޭނެ ކަމަށް ޕޯސްޓުން ބުނެފައިވެއެވެ.

ހަމައެއާ އެކު ދިވެހި އުފެއްދުންތެރިންގެ ތަކެތި ވިއްކުމަށް ޚާއްޞަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ޕޯސްޓް މެދުވެރިކޮށް ތަކެތި ރައްދުކޮށްދިނުމުގެ ޚިދުމަތާއި އީޓުކުރި ލޯކަލް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޕޯސްޓުގެ ޚިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތައް މި ބަދަލާ އެކު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.