ވެލިބަސްތާތައް ހުސްކުރުވަނީ-
ހަބަރު
27 Jul 2026 | 14:01
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި

ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން އިއްޔެ ބުނިގޮތުގައި، އެ ސަރަޙައްދުގެ ފަޅުރަށްތަކުން ވެލި ނެގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި ރަށްތައް ހިމާޔަތްކުރުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ކައުންސިލުން ބުނީ މި ސަރަޙައްދުގެ އެއްރަށް މުޅިން ގިރައިގެންގޮސް ނެތިވެދިޔައީ ހުއްޓުމެއްނެތި ވެލި ނެގުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ޖެހިގެން އޮތް ރަށުންވެސް އެފަދަ އަމަލުތައް ފެންނަމުންދާތީ، ކައުންސިލުން މިހާރު ވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ރަށްތައް މޮނިޓަރ ކުރަން ފަށާފައެވެ.

"އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތްކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް. މި އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު ފަސްޖެހުމެއް ނެތި ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން،" ފަރެސްމާތޮޑާ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ފަޅުރަށްރަށުންނާއި ގިރާ ސަރަޙައްދުތަކުން ވެލި ނެގުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

ކައުންސިލުން އިތުރަށް ބުނީ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ
މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.
19 Aug 2026
އެފްޑީސީގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ
19 Aug 2026
އިންޖިނިއާސް އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނީ އެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
19 Aug 2026
ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކުރާ ތަނެއް، މައްސަލަ އެމްއެފްޑީއޭއަށް
އެމްއެފްޑީއޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ވަނީ އިއްޔެގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ތަންތަން ހާއްސަ ގޮތެއްގައި އިންސްޕެކްޓްކޮށް، އެފަދައިން މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހު ކުރުމަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
19 Aug 2026
ޓައިވާނުން 2027 ވަނަ އަހަރަށް ރެކޯޑު އަދަދެއްގެ ދިފާއީ ބަޖެޓެއް ހުށަހަޅަނީ
މިއީ ޓައިވާނުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 3 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
19 Aug 2026
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް
މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރީ ހޯދީވެސް ދުވާފަރު ޓީމުންނެވެ
19 Aug 2026
މިނިސްޓަރު ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
19 Aug 2026
ނުވަ ދުވަހުގެ ދަތުރުފުޅެއްގައި ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގެންފި
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.