ރާއްޖޭގެ މުހިންމު އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮންނާނެ: ޝާހިދު

22 Jul 2019 | 14:07

ދިވެހިރާއްޖޭގެ މުހިންމު އިގްތިސާދީ އަދި ޚާރިޖީ ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮންނާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއަށް ދެއްވި ޚާއްސަ ބަަސްދީގަތުމެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވުމުގެ ފައިދާ ދެގައުމުގެ ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ މުހިންމު އިގްތިސާދީ އަދި ޚާރިޖީ ބައިވެރިއެއްގެ ގޮތުގައި އޮންނާނެ ގައުމެއްކަމަށް އެބޭފުޅާ ފާހަަގަކުރެއްވިއެވެ.

އަދި ފާއިތުވި ދުވަސްތަކުގައި މިދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދުވަަސްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޚުދު އެމަނިކުފާނު މަސައްކަތްކުރައްވާނެކަމަށެވެ. އަދި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް މިސަރުކާރުންވެސް ތާއިދުކުރާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް