ކުރީގެ ރައީސް ނަޝީދު އާއި ޔޫތު މިނިސްޓަރު ރާފިޢު
ހަބަރު
29 Jul 2026 | 11:12
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ

އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

އުބާ އިވެންޓްސްއިން އިންތިޒާމުކޮށްގެން ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މި ޝޯ އެތަނުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ޔޫތު އެމްޕަވަމަންޓް މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެ ނުރުހުންފާޅުކުރައްވާފައެވެ.

"އެ ޝޯ މަނާ ކުރެވިގެން، މިޔުޒިކު މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގެން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، މިއީ ހުރިހާ ދިވެހިންގެ ރާއްޖެ،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ޝޯވް ކެންސަލް ކުރަން ނާންގާ ކަމަށާ، އެދުނީ އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ.

”އަދި، އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަޤީންކަންވެސް އޮގަނަސިޒަރަށް ދިނިން. އެއީ ސޯޝަލް ސެންޓަރުގެ، ސްޓޭޖުގެ ފުރާޅު ހިމެނޭގޮތަށް، އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން.“ ޔޫތު މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.