މެޗުން ބަލިވުމުން އާޖެންޓީނާ ކުޅުންތެރިން ހަމަނުޖެހުން ހިންގަނީ- ފޮޓޯ/އޭޕީ
ކުޅިވަރު
30 Jul 2026 | 12:10
ވަރލްޑްކަޕާ ގުޅުންހުރި އާޖެންޓީނާގެ މައްސަލަތަކެއް ފީފާއިން ބަލަން ފަށައިފި

ވަރލްޑް ކަޕް މުބާރާތުގެ ތެރޭގައި ފީފާގެ އެކި ގަވާއިދުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އާޖެންޓީނާގެ ޓީމާ ދެކޮޅަށް އަދަބީ ފިޔަވަޅު އެޅުމުގެ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ފީފާއިން ފަށައިފިއެވެ.

ފީފާއިން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ތަފާތުކުރުން އެކުލެވޭ ހަޅޭއްލެވުމާއި އިޝާރާތްތައް ކުރުމާއި އަދި ޓީމުގެ ފަރާތުން ފެނުނު ނުރަނގަޅު ސުލޫކާއި ސަލާމަތީ ޕްރޮޓޮކޯލްތަކާ ޚިލާފުވެފައިވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން އިންގްލެންޑް ބަލިކުރި މެޗަށް ފަހު "ފޯކްލޭންޑަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ލިޔެފައިވާ ބެނާއެއް ކުޅުންތެރިން ދައްކާފައިވާ މައްސަލަ ވެސް ހިމެނެއެވެ. ފީފާގެ ގަވާއިދުގެ 13 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ (ސ) ބުނާ ގޮތުން ކުޅިވަރުގެ މައިދާނަކީ ކުޅިވަރާ ގުޅުމެއް ނެތް ކަންކަން އިޝްތިހާރުކޮށް މުޒާހަރާކުރުމަށް ބޭނުންކުރެވޭނެ ތަނެއް ނޫނެވެ.

ފައިނަލް މެޗުގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗު ނިމުމާ އެކު ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުންވެސް ވަކި ކުޅުންތެރިންނާ ދެކޮޅަށް ދަނީ މައްސަލަ ބަލަމުންނެވެ. ސްޕެއިންގެ ކުޅުންތެރިންގެ ގައިގައި ތިން ފަހަރެއްގެ މަތިން އަތްލައި ކޮއްޕި ކަމުގެ ތުހުމަތުގައި ލިއޮނާޑޯ ޕަރޭޑޭސްއާ ދެކޮޅަށް ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 14 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (އައި) ދަށުން ހަމަލާދިނުމުގެ ތިން ދައުވާއެއް ވަނީ ހުށަހެޅިފައެވެ.

މެޗު ނިމުނު ވަގުތު ރޮޑްރީގެ ގައިގައި ޖެހި ނަހުއެލް މޮލީނާ އާއި ތިއާގޯ އަލްމާޑާ އަދި ކޯޗު ރޮބާޓޯ އަޔާލާއާ ދެކޮޅަށް ވެސް މައްސަލަ ބެލުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ހަމައެހެންމެ ސްޕެއިންގެ މިޑްފީލްޑަރު ގާވީއާ ދެކޮޅަށް ވެސް ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ވަކި މައްސަލައެއް ފީފާއަށް ހުށަހެޅިފައިވެއެވެ.

މި ހުރިހާ މައްސަލަތަކެއް ބެލުމަށް ފަހު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާ ނިންމުމެއް ފަހުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.