ޒިޔަތު
ހަބަރު
30 Jul 2026 | 21:14
އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ގުޅުން އޮންނަ ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން ފޮނުވަނީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލައިގައި  އެ ހިޔާނާތުގައި އިސްކޮށް އުޅުނު އަބްދުﷲ ޒިޔަތާ ގުޅުން އޮންނަ އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދައުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންމައިފިއެވެ.

އޭސީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގި ތަޙުޤީޤުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރާ ހަމައަށް ޓޫރިޒަމް ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ވައްދަންޖެހޭ ފައިސާގެ ތެރެއިން ބައެއް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އެގޮތުން އެކި ފަހަރުމަތިން އެސްއޯއެފްގެ ޗެކުތައް މެދުވެރިކޮށް ޖުމްލަ 325,000 ޑޮލަރު އެ ކުންފުންޏާއި އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ"ގެ އެކައުންޓަށް ވައްދާފައިވާ ކަމަށް ތަޙުޤީޤުން ވަނީ ހޯދިފައެވެ. ޕީޖީ އޮފީހަށް މައްސަލަ ފޮނުވަން ނިންމީ 29 ޖޫން 2026 ގައެވެ.

ތަޙުޤީޤުގައި އެމްއެޗްއާރުން ބުނެފައި ވަނީ އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރިން ލިބުނު ފައިސާ ކަމަށެވެ. ނަމަވެސް ޗެކުތައް ހަވާލުކުރީ ކޮން ފަރާތަކުންކަމާއި ޗެކުތަކަށް ދިވެހި ރުފިޔާ ދެއްކި ގޮތް ސާބިތުކޮށްދެވިފައެއް ނުވެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ދޫކުރި އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓެއް ކަމުގައިވާ 50,000 ޑޮލަރުވެސް އެ ކުންފުނީގެ އެކައުންޓަށް ޖަމާވީ ޚިޔާނާތުގައި އިސްކޮށް އުޅުނު ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް ކަމަށް ތަޙުޤީޤުން ވަނީ ހާމަވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުންޏަކީ ޒިޔަތުގެ އާއިލީ ކުންފުންޏެކެވެ. އެ ޗެކުތަކާ ގުޅޭ ގޮތުން ޒިޔާތާއި އެމްއެޗްއާރުގެ މެނޭޖިން ޑިރެކްޓަރާ ދެމެދު މުޢާމަލާތް ހިނގާފައިވާ ކަމާއި ޖަމާވި ފައިސާއަކީ ކުށުން ހޯދި ފައިސާ ކަމަށް ޝައްކުކުރެވޭނެ ހާލަތެއް އެ ކުންފުނީގެ އެމްޑީއަށް އޮތް ކަން ތަޙުޤީޤަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ދައުވާ އުފުލައިދިނުމަށް ހުށަހަޅާފައި ވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުންނެވެ.

އެސްއޯއެފް ޗެކުތައް މެދުވެރިކޮށް ވެއްދި 325,000 ޑޮލަރަށް ދިވެހި ރުފިޔާއިން ޖެހޭ 5,011,500 ރުފިޔާއާއި ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ވެއްދި 50,000 ޑޮލަރު އަދި އެ ފައިސާ އިންވެސްޓްކޮށްގެން ހޯދާފައިވާ ފައިދާ އަނބުރާ ހޯދައި އެމްއެމްޕީއާރުސީއަށް ރައްދުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.