ކުއްޖަކު ޑޯނަޓެއް ކަނީ- ފޮޓޯ/ ބީބީސީ
ލައިފްސްޓައިލް
31 Jul 2026 | 08:27
ދެ އަހަރުން ދަށުގެ ކުދިންގެ ކާނާގައި ހަކުރު މަދުކުރަންވީ މިހެންވެ

އިންސާނާގެ ހަށިގަނޑު ހެދިބޮޑުވަމުން އަންނަ ދުވަސްވަރު، ހާއްސަކޮށް ހަޔާތުގެ ފުރަތަމަ 1,000 ދުވަހަކީ އޭނާގެ މުސްތަގުބަލުގެ ދުޅަހެޔޮކަމަށް ނުހަނު މުހިންމު ދުވަސްތަކެކެވެ. ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، އުމުރުން ދެ އަހަރު ފުރުމުގެ ކުރިން ކާނާގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަކީ، އޭގެ އެތައް އަހަރެއް ފަހުންވެސް ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަމެކެވެ.

ދިރާސާގެ އަސާސް: އިނގިރޭސިވިލާތުގެ "ނެޗުރަލް އެކްސްޕެރިމެންޓް"

މި ދިރާސާ ބިނާކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސިވިލާތުގައި ހަކުރު ކޮންޓްރޯލްކޮށްގެން ދޫކުރި ދުވަސްވަރަށެވެ. ސެޕްޓެމްބަރު 1953 ގައި ހަކުރު ކޮންޓްރޯލްކުރުން ހުއްޓާލުމާއެކު، މީހުން ހަކުރު ބޭނުންކުރާ މިންވަރު ދުވާލަކު 41 ގްރާމުން 80 ގްރާމަށް  އިސާހިތަކު އިތުރުވެގެން ދިޔައެވެ. ހޮންކޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން ވަނީ 'ޔޫކޭ ބަޔޯބޭންކް' ޕްރޮޖެކްޓްގައި ހިމެނޭ ގާތްގަނޑަކަށް 65,000 މީހުންގެ މައުލޫމާތު ދިރާސާކޮށްފައެވެ.

މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، ހަކުރު ކޮންޓްރޯލްކޮށްފައި އޮތް ދުވަސްވަރު ތުއްތުކުދިންގެ ގޮތުގައި ތިބި މީހުންނަށް، މުސްކުޅިވުމުން ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު 23 އިންސައްތަ ދަށެވެ. އަދި މިފަދަ މީހުންނަށް ބަލިޖެހޭ އުމުރު، އެހެން މީހުންނަށްވުރެ ދެ އަހަރާއި ބައި ލަސްވެގެންދާކަން ފާހަގަކުރެވުނެވެ.

މީގެ ކުރީގެ ދިރާސާތަކުން ވެސް ވަނީ ކުޑައިރު ހަކުރު ގިނައިން ބޭނުންކުރުމަކީ ފަހުން ހަކުރުބައްޔާއި ލޭގެ ފިއްތުން އިތުރުވުމާ ގުޅުންހުރި ކަމެއްކަން ދައްކާފައެވެ.

”އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކަނީ ހަޔާތުގެ ކުރީކޮޅު ހަކުރު ބޭނުންކުރުން މަދުކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ދާއިމީ ފައިދާތަކެއް ކުރާނެ ކަމެއްކަން،" ދިރާސާގައި ބައިވެރިވި ޖިއާޒެން ޒެންގް ވިދާޅުވިއެވެ. މި ހޯދުންތައް މިހާރު ވަނީ 'ނިއުރޮލޮޖީ' ޖާނަލްގައި ޝާއިއުކޮށްފައެވެ.

މާހިރުންގެ ރައުޔު

މި ދިރާސާއަކީ ޝައުގުވެރި ހޯދުމެއް ނަމަވެސް، ބައެއް މާހިރުން ފާހަގަކުރައްވާ ގޮތުގައި މިއީ އޮބްޒަވޭޝަނަލް ނުވަތަ ބަލައިގެން ކުރެވިފައިވާ ދިރާސާއެކެވެ. އެހެންކަމުން، ހަމައެކަނި ހަކުރު މަދުކުރުމުން ޑިމެންޝިއާ ހުއްޓުވޭނެކަން ކަށަވަރުކޮށް ބުނަން އަދި ދައްޗެވެ. އެގޮތުން މިފަދަ ދިރާސާކުރާ މީހެއް ކަމަށްވާ ރޭޗަލް ރިޗަޑްސަން ވިދާޅުވީ، 1940 އާއި 1950 ގެ އަހަރުތަކުގައި މީހުން އުޅުނު ގޮތާއި މިހާރުގެ އާދަކާދަތަކާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން އެ ދުވަސްވަރު ކުދިންނަށް އަމިއްލަ ކާނާ ދޭން ފަށާ އުމުރު އަވަސްވުން ފަދަ ކަންކަމަކީ ނަތީޖާއަށް އަސަރުކޮށްފާނެ ކަންކަމެވެ. 

އެސްޓަން ޔުނިވަރސިޓީގެ ޕްރޮފެސަރ އިއަން މެއިޑްމެންޓް ވިދާޅުވި ގޮތުގައި، 80 އަހަރު ކުރީގެ ކަމެއް މިހާރުގެ ސިއްހަތާ ގުޅުވާއިރު، އެ ދެމެދުގައި ހިނގާފައިވާ އެހެން ގިނަ ކަންތައްތަކަކަށް ވެސް ބަލަންޖެހޭނެއެވެ.

އަލްޒައިމަރސް ރިސާޗް ޔޫކޭގެ ޑރ. ސާރާ ރޮޑްރިގޭޒް ފާހަގަކުރެއްވި ގޮތުގައި، ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ސިއްހަތަށް ފައިދާހުރި، މިންހެޔޮ ކާނާއެއް ބޭނުންކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އަދި ސިއްހީ އާދަތަކަށް ހެޔޮ ބަދަލެއް ގެނައުމަކީ އެއްވެސް އިރަކު ލަސްވެފައިވާ ކަމެއް ނޫނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.